ހަޔަރއެޑިއުކޭސަނުން އަލިފުށީގައި ކެރިއަރ ގައިޑެންސް ޕްރޮގުރާމެއް

މިނިސްޓްރީ އޮފޮ ހަޔަރ އެޑިއުކޭސަންއާއި އަލިފުށީ ސުކޫލާއި ކައުންސިލް ގުޅިގެން ހިންގި ޕްރޮގްރާމެއް

ހަޔަރއެޑިއުކޭސަނުން އަލިފުށީގައި ކެރިއަރ ގައިޑެންސް ޕްރޮގުރާމެއް

މިނިސްޓްރީ އޮފޮ ހަޔަރ އެޑިއުކޭސަންއާއި އަލިފުށީ ސުކޫލާއި ކައުންސިލް ގުޅިގެން ވަނީ އަލިފުށީ ސުކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ހިންގަވާފައެވެ. މި ޕްރޮގްރާމްގެ ތެރޭން ދަރިވަރުން ކުރިއައް އޮތް ތަނުގައި ކުރިއަށް ދާނެ ދާއިރާތައް ހިޔާރުކުރާނެ ގޮތާއި މަތީތަޢުލީމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.

ކުރިއައް އޮތްތަނުގައި އަލިފުއްޓައް ދަރިވަރުނަށް ކޮއްދެވިދާނެ މުހިންމު ކަންކަމާއި ، ރަށުފެންވަރުގައި ހިންގުމަށް ދަރިވަރުން އެންމެ ބޭނުން ތަމްރީން ޕްރޮގުރާމްތަކާއި ކޯސްތަކާއި ބެހޭގޮތުން ހިޔާލު ބަދަލު ކުރެވުނެވެ.

ސުކޫލުގެ ޕްރިންސިޕަލް ފާހަގަ ކުރައްވާ ގޮތުގައި މިފަދަ ޕްރޮގުރާމްތައް ކުރިއައް އޮތްތަނުގައި ވެސް ހިންގުމަށް އެދޭކަމަށާއި ، މި ޕްރޮގްރާމަކީ ވެސް ބޭނުންތެރި އަދި އެހާމެ މިފަދަ ޕްރޮގުރާމަކަށް އުއްމީދުކޮށްގެން ތިއްބާ ލިބުނު ފުރުސަތެކެވެ.

މި ޕްރޮގުރާމް ކުރިއަށް ގެންގެދެވުމުގައި ލީޑުކުރެއްވީ ގިނަ ދުވަހު ތަޢުލީމީ ދާއިރާގައި މަސަތްކަތް ކުރައްވާފައިވާ ،މިހާރު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭސަންގެ ޑިރެކްޓަރ ޖެނެރަލް ހިކުމާއެވެ. އަދި މިނިސްޓްރީގެ ހުރިހާބޭފުޅުން ވެސް ޕްރޮގްރާމް ކުރިއަށް ގެންދެވުގައި އެކިގޮތްގޮތުން ބައިވެރިވެވަޑިގެންނެވިއެވެ.

މި ޕްރޮގުރާމް ނިމުމުން ކުރިއައް އޮތްތަނުގައި ވެސް މިފަދަ ޕްރޮގުރާމްތައް ހިންގައިދިނުމައް ދަރިވަރުން އެދިފައިވެއެވެ.