ފަސްޓް ނޭޝަނަލްއާއި ސްޓެލްކޯގުޅިގެ ތަމްރީން ބަދަލް ވުމެއް
ކެޕިޓަލް މާކެޓް އިންވެސްޓްމަންޓްތަކާއި ފަހައްރައްކާކުރުމައްހުރި ފުރުސަތުތަކާއިބެހޭ ސެޝަނެއެއް
ސްޓެލްކޯއިން ލީޑިން ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ކަމަށްވާ ފަސްޓް ނޭޝަނަލްއާއި ގުޅިގެންވަނީ ކެޕިޓަލް މާކެޓް އިންވެސްޓްމަންޓްތަކާއި ފަހަށް ރައްކާކުރުމަށް ހުރި ފުރުސަތުތަކާއިބެހޭ ގޮތުން ކުންފުނީގެ އިސްމަގާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން މި ސެޝަންގައި އިންވެސްޓްމަންޓް ސްޓްރެޓެޖީތަކާއި، މާކެޓްގެ މުހިންމު ޓްރެންޑްތަކަށް އަލިއަޅުވާލިއެވެ. އަދި މާލީ ލަނޑުދަނޑިތަކަށް ކާމިޔާބުކަމާއިއެކު ދަމަހައްޓާ ބެލެހެއްޓުމަށް ބޭނުންވާ ޢިލްމާއި ވަސީލަތްތައް ފޯރުކޮށްދީ މުވައްޒަފުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތުގެ މައްޗަށް އަލިއަޅުވާލިއެވެ. ހަމަ އެހެންމެ ފަހަށް ރައްކާކުރާ ފައިސާ އިތުރު ކުރެވޭނެ މަގުތައް ހޯދާނެގޮތާއި ފައިސާ ރައްކާ ކުރާނެ ގޮތްތަކާބެހޭ ގޮތުންވެސް މައުލޫމާތުދިނެވެ.
މި ސެޝަންތަކުގެ މައިގަނޑު މަގުސަދަކީ ރައްކާތެރި މާލީ މުސްތަގުބަލެއް ބިނާކުރުމުގައި ކޮމްޕެނީގެ އިސްފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. ސްޓެލްކޯއިން އިތުރަށް މައުލޫމާތު ދިންގޮތުގައި ސެޝަން ނިންމާލާފައި ވަނީ ބައިވެރިންގެ ފަރާތުން ލިބުނު ފީޑްބެކާއެކު ކަމަށާއި، ކެޕިޓަލް މާކެޓް އިންވެސްޓްމަންޓްތަކާއި ފަހަށް ރައްކާކުރަންހުރި ފުރުސަތުތަކާއި ބެހޭ ގޮތުން އިތުރަށް ވިސްނާނެ ފުރުސަތު ބައިވެރިންނަށް ލިބިގެންދިޔަކަމަށެވެ.