ސްޓެލްކޯގައި ޓެކްނީޝަން ޓްރެއިނިންގ ޕްރޮގްރާމެއް

ކަމިންސް QSK60 އަދި K50 އިންޖީނު އޯވަހޯލް ކުރުމަށް ހާއްސަ ޕްރޮގްރާމެއް

ސްޓެލްކޯގައި ޓެކްނީޝަން ޓްރެއިނިންގ ޕްރޮގްރާމެއް

އިންޖީނު ރޫޅާ ރޭވުމަށް މުއައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ޓެކްނީޝަން ޓްރެއިނިްގ ޕްރޮގްރާމެއް ސްޓެލްކޯއިން ބާއްވައިފިއެވެ.

ސްޓެލްކޯއިން މި ފަހަރު ބޭއްވީ ކަމިންސް QSK60 އަދި K50 އިންޖީނުތަކުގެ އަސްލު ސްޕެއަރ އާއި އެކު އޯވަހޯލް ކުރުމަށް ހާއްސަކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.

ޓެކްނީޝަން ޓްރޭނިންގ މި ޕްރޮގްރާމްގެ ޕްރެކްޓިކަލް ސެޝަންތައް ބޭއްވީ ކ. މާފުށީގައއެވެ. ޕްރޮގްރާމްގެ ތިއަރީ ސެޝަންތައް ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.