މައްޗަންގޮޅި އުތުރަށް ހައްޖަ ވަރެއްނެތް.
މާލޭ ރައްޔިތުންނަށް ހިދުމަތްކުރަން ކޮންމެ ދާއިރާއަކަށް މެންބަރަކާއި ކައުންސިލަރަކު ހުރެއެވެ. އޭގެތެރެއިން މަދު މަންދޫބަކަށް ނޫނީ އެ މީހެއްގެ ގާނޫނީ ވާޖިބު އަދާ ކުރެވޭތީއެއް ނުފެނެއެވެ. ހާއްސަކޮށް ސިޓީ ކައުންސިލްގެ ގިނަ ކައުންސިލަރުންގެ ކިބައިން ހިދުމަތުގެ ކުލަވެސް މަދުން ނޫނީ ނުފެނެއެވެ.
ސިޓީ ކައުންސިލަށް އިންތިހާބު ކުރެވޭ ކައުންސިލަރަކީ ދާއިރާގެ ހާލަތު އެނގޭ ދާއިރާއާއި މެދު ރަނގަޅު ތަސައްވަރެއް އޮތް މީހަކަށް ވުމަކީ މުހިންމު ކަމެކެވެ. ދާއިރާއަށް ފާގަތިކަން ލިބޭނޭ ތަސައްވުރެއް އޮންނާނީ ދާއިރާއަށް ނިސްބަތްވާ ދާއިރާގައި ދިރިއުޅުން އޮތް ދާއިރާ މީހެއްގެއެވެ.
ކޮންމެ ދުވަހަކު ދާއިރާގެ މީހުނާ ބައްދަލުވާ ފޮރުވިފައިވާ އެހެން އެޖެންޑާއެއް ނެތް މީހެއްގެއެވެ. ސިޔާސީ މުސާރަ ނަގައިގެން ޒާތީ މަސްލަހަތު ކުރިއަށް ނެރޭނެ ކައުންސިލަރަކަށް އެކަމެއް ނުވާނެއެވެ.

އެހެން އެކަން އޮތުމުން މައްޗަންގޮޅި އުތުރުފަދަ އިހުމާލު ކޮށްލެވިފައިވާ ދާއިރާއެއްގެ ހެވާލާބައަށް އެންމެ ރަގަޅީ ހީވާގިކެރޭ ކުރެވޭނެ ފިސާރި ކަނބަލެކެވެ. ނަތީޖާ ދެއްކިފައިނުވާ މީހެއްގެ ޕަޕެޓެއް ނޫނެވެ.
އަމްދުން އެމްޑިޕީގެ ޓިކެޓްގައި ނެރޭ މީހަކީ ދާއިރާގެ ރައްޔިތުންނަށްވުރެ އެހެން ކަމަކަށް އިސްކަން ނުދޭނެ މުރާލި ޖެހެލުންކުޑަ ފަސްބައި ސާފު ޒުވާނަކަށް ވުމަކީ އެހާމެ މުހިއްމު ކަމެކެވެ. އެމްޑީޕީގެ ސިޔާސަތަށްވުރެ ކުރިއަށް އަމިއްލަ އެޖެންޑާ ނުނެރޭނެ މީހަކަށް ވުންވެސް އެހާމެ މުހިއްމެވެ.

މައްޗަންގޮޅި އުތުރު ކައުންސިލަރ ކަމަށް އެމްޑީޕީ ހައްޖައަށްވުރެ ވަކީން ރަނގަޅު ދެވަނަ އެހެން މީހަކު މިފަހަރު ނެތެވެ. ހައްޖައެއް ނުވިކޭނެއެވެ. ނުގަނެވޭނެއެވެ. އެމްޑިޕީ ރޫޅާކަށް ވެސް ހައްޖަ ނުނިކުންނާނެއެވެ. ރައްޔިތުންނާ އެންމެ ގާތުގައި އަބަދުމެ ހައްޖަ ހުންނާނެއެވެ.




