މާލެ ސިޓީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތުގައި މޭޔަރ އާޒިމް

މާލެ ސިޓީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތުގައި މޭޔަރ އާޒިމް

އދ. ގެ އޭޝިއާ އަދި ޕެސިފިކް އިގްތިސޯދީ އަދި އިޖްތިމާއީ ކޮމިޝަން (އެސްކަޕް) އާއި އިންޗިއޮން ސިޓީ ގުޅިގެން އިންތިޒާމުކޮށްގެން ބޭއްވި 5 ވަނަ ބައިނަލްއަގުވާމީ ދަށް ކާބަން ސިޓީތަކުގެ ފޯރަމް އާއި ދެމެހެއްޓެނިވި ސިޓީ ތަރައްގީގެ ސަރަޙައްދީ ބައިވެރިންގެ ފޯރަމް 2025ގައި މާލެ ސިޓީގެ މޭޔަރ އޮނަރަބަލް އާދަމް އާޒިމް ބައިވެރިވެ ވަޑައިގެންފިއެވެ. 

ބައިނަލްއަޤްވާމީ ދަށް ކާބަން ސިޓީތަކުގެ ފޯރަމް އާއި ދެމެހެއްޓެނިވި ސިޓީ ތަރައްގީގެ ސަރަޙައްދީ ބައިވެރިންގެ ފޯރަމް ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތްކަމީ ލިބިވަޑައިގަތް ފަހުރަކާއި ޝަރަފެއް ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއެވެ. 

މާލޭ މޭޔަރަށް ލިބިވަޑައިގަތް ފުރިހަމަ މެހެމާންދާރީއަށާއި ސިޓީތަކުގެ ވެރިންނާއެކު ކުރެވުނު މުއްސަނދި މަޝްވަރާތަކަށްޓަކައި މާލޭ މޭޔަރ ޝުކުރު އަދާކުރައްވައެވެ.

މާލެ ސިޓީން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ރަނގަޅުކޮށް ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި މި މަޝްވަރާތަކަކީ ވަރަށް އަގުހުރި މަޝްވަރާތަކެއްކަމަށް މޭޔަރ ވިދާޅުވެއެވެ.