މާލޭގެ ހިދުމަތުގައި އާޒިމް ޓަކިނުޖަހާނެ ދޮރެއް ނުހުންނާނެ!

މާލެ ސިޓީ ކައުންސިލްގައި ރެޔާދުވާލު ކުރިޔަސް ހުއްޓާނުލާ ކުރައްވާނެ ކަންކަން

މާލޭގެ ހިދުމަތުގައި އާޒިމް ޓަކިނުޖަހާނެ ދޮރެއް ނުހުންނާނެ!

ރައްކާތެރި އަމާން މާލެއެއް ހޯދާދެއްވުމަށް މަސައްކަތް ކުރެއްވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރެޔާދުވާލު ހުއްޓި ނުހުންނަވައެވެ. މައްސަލަތަކުން ފުނިޖެހިފައިވާ މާލެސިޓީ ދިރިއުޅުމަށް ފަސޭހަ ރައްކާތެރި ތަނަކަށް ހެއްދެވުމުގެ ހައްލުތައް އާޒިމަށް ފެނިވަޑައި ގަންނަވައެވެ. 

މާލެ ސިޓީ ކައުންސިލްގައި ރެޔާދުވާލު ކުރިޔަސް ހުއްޓާނުލާ ކުރައްވާނެ ކަންކަން އާޒިމަށް ފެނިވަޑައި ގަންނަވައެވެ. ސަރުކާރުގެ މުއައްސަސާތަކުގެ އެއްބާރުލުން ހޯއްދަވައިގެން މާލެއަކީ އުޅެން ފަސޭހަ ނަމޫނާ ސިޓީއަކަށް ހެއްދެވުމަށް ކުރައްވަން ޖެހޭ އެއްވެސް ކަމެއް ދޫކޮށް ނުލައްވާ ކުރެއްވުމަކީ އާޒިމުގެ އަމާޒެވެ. 

ރައްޔިތުންނަށް ހިދުމަތް ދެއްވުމުގައި ގަބޫލުކުރައްވާ ސިޔާސީ ފިކުރަކުން ހިދުމަތެއް ތަފާތު ކުރެއްވުމެއް ބާކީކުރެއްވުމެއް ލަސްކޮށް ފަސްކުރެއްވުމަކީ އާދަމް އާޒިމުގެ ކިބައިން ފެންނަކަމެއް ނޫނެވެ. އާޒިމު ގަބޫލުކުރައްވާ ގޮތުގައި މަލޭ ރައްޔިތުން އާޒިމްއާ މަތިކުރައްވާފައިވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. އެހެން ކަމުން އާޒިމު އެންމެ އިސްކަން ދެއްވަނީ ހިދުމަތް ކުރެއްވުމަށެވެ. 

ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކާ ބައްދަލު ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ މީހަކާ ޖެހެލުމެއް ނެތި ބައްދަލު ކުރައްވައެވެ. ސިޔާސީ ފިކުރު ތަފާތުވުމަކުން ޖައްސަވަން ޖެހިވަޑަިގަންނަވާ ދޮރެއްގައި ޓަކި ނުޖައްސަވައެއް ނުހުންނަވައެވެ. ހުސްވި ހަފުތާގެ ތެރޭގައިވެސް އެކިއެކި މުއައްސަސާތަކުގެ އެކިފެންވަރުގެ ވެރިންނާ ބައްދަލުކުރައްވާ މާލެ ސިޓީގެ ހެވާ ލާބަޔަށް މޭޔަރ ހުއްޓި ނުުހުންނަވާ މަސައްކަތް ކުރެއްވިއެވެ.

ދާހިލީ ވުޒާރާގެ އިސްބޭފުޅުންނާއި އެންއައިއީގެ ބޭފުޅުންގެ އިތުރަށް ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާ ކާމިޔާބު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވިއެވެ. ރާއްޖޭން ބޭރަށް ވަޑައިގެން މޭޔަރުންގެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ރާއްޖެއާއި މާލެސިޓީ ތަމްސީލް ކުރެއްވިއެވެ. 

މޭޔަރު އާދަމް އާޒިމުގެ މޭޔަރުކަމުގެ ދައުރަކީ މާލެސިޓީގެ މުނިސިޕަލްކަންކަމާއި ދުއްވާ އެއްޗެތީގެ ތޮއްޖެހުމަށް ހައްލު ގެނެވި ނަލަ ފަހި މާލެއަކަށް އަލިވިލޭނެ ދައުރަކަށް ވެެގެން ދާނެއެވެ.