ހުޅުމާލެ ސްމާރޓް ޕާކިންގ އޭރިއާގައި ސޯލަރ ޕެނަލް ހަރުކުރުން
ސްޓެލްކޯ އާއި އާބަންކޯ އެއްބަސްވުން
ސްޓެލްކޯ އާއި އާބަންކޯ ގުޅިގެން ހުމާލެ ފެރީ ޓަރމިނަލްގެ ސްމާރޓް ޕާކިންގ އޭރިއާގައި ސޯލަރ ޕެނަލް ހަރުކުރުމުގެ އެއް ބަސްވުމެއްގައި ސޮއެކޮށްފިއެވެ. މިއެއްބަސް ވުމަކީ ދިވެހި ރާއްޖެއަކީ ކަރބަން ފްރީ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރެވޭ މަސައްކަތަކަށް އެ ދެކުންފުނިން އެއްބާރުލުމުގެ ގޮތުން ކުރެވޭ ގިނަގުނަ ކަންތައްތަކެތެރިން ކުރެވުނު ކަމެކެވެ.
މިކަމަކީ ސޯލަރ ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދިނުމަށް ކުރެވުނު ފާހަގަކޮށްލެވޭ ކަމެކެވެ. ސްޓެލްކޯއާއި އާބަންކޯ ގުޅިގެން ހިންގޭ ދެމެހެއްޓެނިވި މިމަސައްކަތުން ވެސް ރާއްޖޭގައި އަންދާ ތެލުގެ ނިސްބަތް ކުދަކުރެވޭނެއެވެ.