އައްސޭރި ޖަލުގެ ކަރަންޓަށް ދާއިމީ ހައްލެއް
ސްޓެލްކޯ ވަނީ އައު ޕެނަލްއެއް ބަހައްޓާދީފަ
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކޮށްފިއެވެ. ޖަލަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ވަނީ އައު ޕެނަލްއެއް ބަހައްޓާފައެވެ.
ބެހެއްޓި އައު ޕެނަލް މެދުވެރިކޮށް މިހާރު ވަނީ ކަރަންޓު ފޯރުކޮށްދޭން ފަށަފައެވެ.
ހިންމަފުށީ އައްސޭރި ޖަލުގައި އެތަނަށް އެކަށީގެންވާ ޕެނަލެއް ބަހައްޓާ އެ ޕެނަލް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދެވެން ފެށުމުން ޖަލަށް ދިމާވާ ކަރަންޓް މައްސަލައަށް މިވަނީ ދާއިމީ ހައްލެއް ސްޓެލްކޯއިން ހޯދާ ދީފައެވެ.