ހެޔޮވެރިކަން: ގެދޮރުވެރިޔާ ސްކީމްގައި 32 ޓަވަރ
18 ފަންގިފިލާގެ 32 ޓަވަރުގައި ދެ ކޮޓަރީގެ 1200 ފްލެޓް އާއި ތިން ކޮޓަރީގެ 2800 ފްލެޓް
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 54 ޓަވަރެއްގެ މަސައްކަތް ސަރުކާރުން ކުރުވަމުން އެބަ ގެންދެއެވެ. އެ ޓަވަރުތަކުގެ މަސައްކަތް 2024 ވަނަ އަހަރަށް މުޅިން ނިންމާލެވޭނެއެވެ. މި ޓަވަރު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީއާއި ފަހި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އާއި އެޗްޑީސީ ގުޅިގެންނެވެ.
54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް ހިމެނެއެވެ. މީގެ ތެރެއިން 4000 ފްލެޓް ހާއްސަކޮށްފައިވަނީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމަށެވެ. 2020 އިން ފެށިގެން މާލެ އާއި އަތޮޅު ތެރޭގައި ސަރުކާރުން ހައުސިން މަޝްރޫއުތައް ވަނީ ހިންގަން ފަށާފައެވެ. މި ސްކީމުގެ މަޝްރޫއުތައް ކުރިއަށް ގެންދަނން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ.
ޖޭއެމްސީ އާއި އެންބީސީސީ އިން އަޅާދޭނީ 4000 ފްލެޓެވެ. ދެކުންފުނި ކުރެ ކޮންމެ ކުންފުންޏަކުން އަޅައިދެނީ 2000 ފްލެޓެވެ. ޖޭއެމްސީ އިން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ 16 ޕަސެންޓް މަސައްކަތް މިހާރު ނިމިފައި ވާއިރު އެންބީސީސީން ހަދަމުންދާ ފްލެޓްތަކުގެ 13.5 ޕަސެންޓް އެ ކުންފުނިންވެސް މިހާރު ވަނީ ނިންމާފައެވެ. 18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނާނެއެވެ.
267 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގާ މަޝަރޫއެކެވެ. 08 މާރޗް 2021 ގައި އެއްބަސްވުމުގައި ސޮއި ކޮށްގެން ފަށައިގެންފައިވާ މި މަޝްރޫއުގައި ބިނާ ކުރާ ފްލެޓްތަކުން ބައެއް ފްލެޓުގައި މީހުން ދިރި އުޅެވޭވަރު ވާނެއެވެ.
ގެދޮރުވެރިޔާ ސްކީމް ހިނގަމުން ދާއިރު ބައެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެ ފިޔަވަހީގައި ސޯޝަލް އަދި މިކްސްޑް ހައުސިން ޔުނިޓްތަކެއް ވެސް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެޕޯލޯ ހޯލްޑިންގްސް، އެސްޖޭ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ)، އެސްޖޭ ކޮންސްޓްރަކްޝަންސް، ސެލިޓެއާ، ފެޑޯ ޕްރައިވެޓް ލިމިޑެޓް، ރެއިންބޯ މެގަ އަދި ނިއުމާކް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ. ފައިވާ މަޝްރޫއުތަކެވެ.
އަނެއްކޮޅުން މާލޭ އޯޑިއޯން ސިނަމާ އާއި ދިވެހި ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ލަގްޒަރީ ފްލެޓްތަކެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.