ފެނަކަ ކޯޕަރޭޝަންގެ ކާމިޔާބީ ބ. އަތޮޅުން: ހިތާދޫ
ހިތާދޫ އައު އިންޖީނުގެ ހުޅުވުން
ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި ރާއްޖޭގެ އެތައް ރަށެއްގެ ކަރަންޓްގެ ހިދުމަތް ފުޅަކޮށް ވަރުގަދަކޮށް އެންމެ ޒަމާނީ ފެންވަރުގައި ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވިއެވެ. ކަރަންޓްގެ ވިއުގަ ފުޅާކޮށް އަޕްގްރޭޑްކުރުމުގެ ގޮތުން ބ. އަތޮޅުގެ ގިނަރަށްތަކަެއްގައި ޒަމާނީ ފެންވަރަށް އިންޖީނުގެ އަޅާދީ ކުރިންހުރި ގެނދަބުޅި އިންޖީނުގެ ތަކުގައި ތަޅު އަޅުވާ މުޅިން އައު އިންޖީނުގެ ތަކަކުން ވަނީ ހިދުމަތް ދޭން ފަށާފައެވެ.
ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާފައިވާ ކާމިޔާބު ބިޔަ މަޝްރޫއުތައް ރައީސް ސޯލިހު އެގެންދަވަނީ ރަސްމީކޮށް ހުޅުއްވާ ދެއްވަމުންނެވެ.
ބ. ހިތާދޫ އިންޖީނުގެ
28 އަހަރުވީ ބައު އިންޖީނު ރޫމުގެ ސައިޒަކީ ދިގު މިނުގައި 65 ފޫޓެވެ. ފުޅާ މިނަކީ 30 ފޫޓެވެ. އޮފީސް އޭރިއާގެ ސައިޒަކީ ފުޅާމިނުގައި 11 ފޫޓެވެ. ދިގު މިނަކީ 14 ފޫޓެވެ. ކުރިން ހުންނަނީ އިންޖީނުރޫމްއަކާއި ޕެނަލްރޫމަކާއި ސްޓޯރ ރޫމް އެކަންޏެވެ. އެއްފަހަރާ މަސައްކަތްކުރެވެނީ އެންމެ ދެ މުއައްޒަފުންނަށެވެ. ކަރަންޓް ދެވޭ ކެޕޭސިޓީއަކީ 688 ކިލޯވޮޓެވެ.
އަލަށް އިމާރާތްކޮށް ހިދުމަތް ދޭންފެށި އައު އިންޖީނުގޭގެ އިންޖީނު ރޫމުގައި ފުޅާމިނުގައި 71 ފޫޓް ހުރެއެވެ. ދިގުމިނަކީ 83 ފޫޓެވެ. އޮފީސް އިމާރާތުގައި 31 ފޫޓް ދިގުމިނުގައި ހުންނައިރު 33 ފޫޓް ފުޅާ މިނުގައި ހުރެއެވެ.
އައު އިންޖީނުގޭގައި އިންޖީނު ރޫމްގެ އިތުރަށް ވޯކްޝޮޕާއި ކޮންޓްރޯލް ރޫމާއި ސްޓޯރއާއި ފިއުލް ޓޭންކާއި ޗިމްނީއާއި ޕޭންޓްރީ ހުރެއެވެ. ހަމަ އެއާއި އެކު އޮފީސް ބައިގާ ރިޝެޕްޝަނާއި މީޓިންގ ރޫމާއި މެނޭޖަރ ރޫމާއި ޕޭންޓްރީއާއި ފާހާނާއާއި ސްޓޯރ ރޫމް ހިމެނެއެވެ.
އައު އިންޖީނުގެއިން 800ކިލޯވޮޓްގެ ކަރަންޓް އެރަށަށް މިހާރު ފޯރުކޮށް ދެވެއެވެ. އައު އިންޖީނުގެއަކީ 15 މުއައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރުމުގެ ޖާގަ ފަހި ޒަމާނީ އިމާރާތެކެވެ.