އއ. މާޅޮހު ބަނދަރު: ހެޔޮވެރިކަން

އއ. މާޅޮހު ބަނދަރުގެ %66 ނިމިއްޖެ

އއ. މާޅޮހު ބަނދަރު: ހެޔޮވެރިކަން

ރާއްޖޭގައި ލަފާ ފުރުމުގެ އުނދަގޫ ތަހައްމަލު ކުރަމުންދާ ރަށްރަށުގެ ބަނދަރުތައް އަލަށް ހެދުމާއި ތަރައްގީ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފައްޓަވާފައިވާ މަސައްކަތްޕުޅު ބާރަށް ކުރިއަށް އެބަ ހިނގައެވެ. ބައެއް ރަށްރަށުގެ ބަނދަރު މުޅިން ނިމިފައެވެ. ނިމުމުގެ މަގުމަތީގައި މަސައްކަތް ހިނގަމުންދާ ރަށްރަށް ވެސް އެހާގިނައެވެ. އެ ގޮތުން 56.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރަމުންދާ އއ. މާޅޮހު ބަނދަރުގެ 66 އިންސައްތަ މަސައްކަތް މިހާރު ނިންމާލައިފިއެވެ. 

އއ. މާޅޮހު ބަނދަރުގެ މަސައްކަތަކީ ވެސް އެމްޓީސީސީން ކުރަމުން ގެންދާ މަސައްކަތެކެވެ. މުޅި މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިންމާފައިވާ އިރު، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ 41 އިންސައްތަ ފުރިހަމަ ކޮށްފިއެވެ.

އއ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ ގޮތުން 24،335 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރަށް 56 މީޓަރުގެ ގްރޮއިންސް ޖެހުން ވެސް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތަކީ ވެސް މި މަޝްރޫއުގެ ބައެކެވެ.

މި މަޝްރޫއު ނިމިގެން ދާއިރު އއ. މާޅޮހަށް އަރާފޭބުމުގައި އޮތް ހުރިހާ ދަތިކަމެއް ފިލައިގެން ދާނެއެވެ. އަމާޒަކީ ރައީސް ސާލިހުގެ ހެޔޮ ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގައި އަސާސީ ހިދުމަތް ކަށަވަރު ނުވާ އެއްވެސް ރަށެއް ނުއޮތުމެވެ.