ފަރެސްމާތޮޑާ ކަރަންޓް 1250 އިން 1800ކިލޯވޮޓަށް
ފެނަކައިން އަލަށް ބިނާކުރި އިނޖީނުގެއިން ކަރަންޓް ދޭން ފެށުން
ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތު ތަންފީޒުކޮށް ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. 150 ރަށުގައި ހަމަހަމަ ކަމާއެކު ފެނާއި ނަރުދަމާއައި ކަރަންޓްގެ ހިދުމަތް ދިނުމަށް ހުއްޓުމެއް ނެތި ގިނަގުނަ މަސައްކަތްތަކެއް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.
ފެނަކަ ޓީމުގެ ހިވާގި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ ހަރުދަނާ ހިންގުންތެރިކަމުގެ ދަށުން ޓީމް ފެނަކަ މަސައްކަތުގައި ބޮޑެތި ކާމިޔާބީ ތަކެއް ދަނީ ހޯދަމުންނެވެ.
ރައްޔިތުންގެ ކަންފަތްތައް ބައްކުރުވި ހަރުހަޑާއި، މުޅި ޖައްވު ކިލަނބު ކުރުވި ބޯދުމާއި ގެދަބުޅިއާއި ތެލުން ތަގައްޔަރު ކުރުވި ފެންނުން ގދ. ފަރެސްމާތޮޑާގެ ރައްޔިތުން އިއްޔެ ފެނަކައިން އެ ވަނީ މިންޖު ކޮށްދީފައެވެ. 22 އަހަރު ވަންދެން ފަރެސް މާތޮޑާގައި ހިންގަމުން އައި ބައު އިންޖީނުގޭގައި ތަޅުއަޅުވާ މުޅިން އާ ޒަމާނީ އިންޖީނުގެ އަކަށް އެ ރަށުގައި ކަރަންޓް ދިނުމުގެ ހިދުމަތް ހިޖުރަ ކުރުވާފައެވެ.
އެންމެ ޒަމާނީ ފެންވަރުގައި ވަސީލަތްތައް ފުރިހަމަކޮށް ރައްޔިތުންނަށް ތަކުލީފަކަށް ނުވާނޭ ފަދަ މުޅިން އައު އިންޖީނުގެއެއް ބިނާކޮށް އެ ތަނުން ފަރެސްމަތޮޑާގައި ކަރަންޓް ދޭން މިއަދު އެވަނީ ފަށާފައެވެ. ފަރެސްމާތޮޑާގައި އަލަށް އިމާރާތްކޮށް ނިންމި މަރުކަޒީ އިންޖީނުގެ ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
އަލަށް ހުޅުވި އިންޖީނުގޭގައި ވަނީ 400 ކިލޯވޯޓްއާއި 600 އަދި 800 ކިލޯވޮޓްގެ ތިން ޖެނަރޭޓަރ ސެޓް ބަހައްޓައިފައިވެއެވެ. ކުރިން އެ ރަށަށް ހިދުމަތް ދިނީ 250އާއި 400އާއި 600 ކިލޯވޮޓްގެ ތިން ޖެންސެޓުންނެވެ.