އަލިފުށި ޓިވެޓްސެންޓަރު ހުޅުވުމުގެ މަޝްވަރާތައް ކުރެވިއްޖެ
ޓިވެޓް ސެންޓަރ އަންނަ އޮގަސްޓް މަހު ހުޅުވޭނެ
މިނިސްޓްރީ އޮފް ހަޔަރއެޑިއުކޭޝަން އާއި އަލިފުށި ކައުންސިލްއާއި އަލިފުށި ދާއިރާގެ މެންބަރު އަލިފުށީގައި ވަނީ ބައްދަލްކުރައްވާފައެވެ. އަދި އެ ބައްދަލަކުރެއްވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި ޓިވެޓް ސެންޓަރުގައި މިހާރު ކުރިއައްދާ މަސަތްކަތާއި ޓިވެޓް ސެންޓަރ ހުޅުވުމާއިގުޅޭ އެހެނިހެން މަސަތްކަތާއި ބެހޭ ގޮތުން ވާހަކަދެކެވި މަސްވަރާ ކުރެވުނެވެ.
އަލިފުށި ކައުންސިލުން ފާހަގަ ކުރާގޮތުގައި ރަށުގައި ކުރިއައްދާ ޕޮރޮޖެކްޓްތަކުގެ ތެރެއިން ކައުންސިލުން އެންމެ ހިތްހަމަޖެހޭ އެއް ޕްރޮޖެކްޓަކީ ޓިވެޓް ސެންޓަރ ޕްރޮޖެކްޓެވެ. އަދި ޕްރޮޖެކްޓަކީ ސެޑިއުލްއާއި އެއްގޮތައް ކުރިއައްދާ ޕްރޮޖެކްޓެއްކަމާއި، ކައުންސިލާ މިނިސްޓްރީއާއި ވަރަށްކައިރިން ގުޅިގެން ކުރިއައްގެންދާ ޕްރިޖެކްޓެއްކަން ވެސް ފާހަގަ ކުރިއެވެ. މިނިސްޓްރީ އޮފް ހަޔައެޑިއުކޭސަންގެ ފަރާތުން ކުރިއައްގެންދާ މި ޕްރޮޖެކްޓުގެ މަސަތްކަތާއިމެދު ވޯލްޑްބޭންކްގެ ބޭފުޅުން ވެސް ތިއްބެވީ ނުހަނު ހިތްހަމަޖެހިފައިކަން ކައުންސިލުންވެސް ފާހަގަކުރިއެވެ. ޓިވެޓްސެންޓަރަށް އިކުއިޕްމަންޓްސްއާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނީ ވޯލްޑްބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.
ޓިވެޓްސެންޓަރު ތަކަކީ ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުޅުވިގެންދާ ދޮރެކެވެ. ޓިވެޓްސެންޓާރުތަކުން ރައްޔިތުންނާއި ދަރިވަރުންނަށް ބޭނުންވާ ތަޢުލީމާއި އެހެނިހެން ތަމްރީން ޕްރޮގުރާމްތައް ފުޅާދާއިރާއެއްގައި ހިންގާނެއެވެ.