ކާމިޔާބު ފެނަކަ: މުޅިން އަލަށް 12އިންޖީނުގެ އާއި އޮފީސް ޢިމާރާތް ނިންމުން!

ކާމިޔާބު ފެނަކަ: މުޅިން އަލަށް 12އިންޖީނުގެ އާއި އޮފީސް ޢިމާރާތް ނިންމުން!

ޒަމާނަށް އަންނަ ބަދަލު ތަކާއިއެކު ކުންފުންޏެއް އޭގެ އެންމެ ބާރު ދުވެލީގައި ކުރިއަރާ އަދި އެ ކުންފުންޏެއްގެ ކުދި ބޮޑު އެންމެހާ ގޮފިތައް ވެސް ހަމަ އެ ބާރުމިނުގައި ކުރިއަރާ ދާނަމަ އެއީ ޔަގީނުން ވެސް އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުން ރައްޔިތުންނަށްޓަކައި ކުރަމުން ގެންދާ ބުރަ މަސައްކަތް ކަން ޔަގީނެވެ. މިފަދަ ކުންފުނިތައް ބާރު ސްޕީޑެއްގައި ކުރިއަރާ ދިއުމަކީ އެ ކުންފުންޏެއް ނިސްބަތްވާ ގައުމަކަށްަ ވެސް ނުހަނުބޮޑު އުމުރާނީ އަދި އިގްތިސޯދީ ތަރައްގީ ތަކަކާއި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމެކެވެ.

މިކުޑަ ކުޑަ ދިވެހި ގައުމުގައި ވެސް މިފަދަ ކުންފުންޏެއް ހެދިބޮޑުވަމުން އަންނަ ކަމީ މިހާރު ރާއްޖޭގެ ގިނަ ރަސްތަކަކުން ފެންނަމުންދާނެ މަންޒަރެކެވެ. މި ދައްކަނީ ފެނަކަ ކޯޕަރޭޝަންގެ ވާހަކައެވެ. ފެނަކަ އަކީ މި ފަހަކަށް އައިސް ރާއްޖޭގައި އުފެދިފައިވާ ކުންފުނިތަކުގެ ތެރޭގައި އެފަދަ ދެވަނައެއް ނެތް ފަދަ ލާމަސީލް ކުންފުންޏެކެވެ.

ފެނަކައިން އެ ރަށަކާއި އެންމެ ގުޅޭ ގޮތައް އެ ރަށެއްގެ އިންޖީނުގެތައް ތަރައްގީ ކުރަމުން ގެންދާ އިރު މި މަހުގެ ތެރޭގައި ވެސް މި ވަނީ އިތުރު އަތޮޅު ތަކެއްގެ ރަށްތަކެއްގައި އިންޖީނުގެއާއި އޮފީސް އިމާރާތްތަކުގެ މަސައްކަތް ނިންމާފައެވެ.

ފެނަކައިން މި މަހުގެ މިހާތަނަށް 12 ރަށެއްގައި މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާފައި ވެއެވެ. އެ ގޮތުން މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާފައި ވަނީ ށ. ނަރުދޫ، ށ. ފޯކައިދޫ، ށ. މިލަންދޫ، ހދ. ފިނޭ، ހދ. މަކުނުދޫ، ހއ. އުލިގަން، ހއ. މޮޅަދޫ، ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ބ. ދޮންފަނު، ބ. ތުޅާދޫގެ އިތުރުން ރ. ފައިނުގައެވެ.

ފަންނީ މުވައްޒަފުން ބިނާކުރުމުން ފެށިގެން އިގްތިސާދީ ތަރައްގީގެ އިތުރުން އުމުރާނީ ތަރައްގީއަށް ބެލިކަމުގައި ވިއަސް ފެނަކައިގެ ދައުރު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވެ ފުޅާވަމުންނެވެ. ރާއްޖޭގެ ރަށްތަކުގެ އާބާދީގެކުޑަ ބޮޑުމިނުގައި އެއްވެސް ފަރަގެއް ނުބަހައްޓައި ދެމުންދާ ހިދުމަތްތަކަކީ އެކަމުގެ މިސާލެކެވެ.