އެފް އެން ބީ ހިދުމަތުގައި މިސާލެއް ފަދަ އަލީ އިސްމާއީލް

ނަމަކަށް ކަމެއް ކުރާ މީހަކަށް ރަނގަޅު ހިދުމަތެއް ނުދެވޭނެ: އަލީ

އެފް އެން ބީ ހިދުމަތުގައި މިސާލެއް ފަދަ އަލީ އިސްމާއީލް

ފަތުރުވެރި ކަމުގެ ދާއިރާއާއިއެކު އެންމެ ކުރިއަރަމުން އަންނަ އެންމެ މުހިންމު އެއްދާއިރާއަކީ ކެއުން ބުއިމުގެ ޚިދުމަތުގެ ދައިރާއެވެ. މަޝްހޫރު ނަމުން ނަމަ އެފް އެން ބީ ހިދުމަތުގެ ދާއިރާއެވެ. އެފް އެންބީގެ ހިދުމަތަކީ މުޅި ފަތުރުވެރިކަމުގެ ސިނާއަތުގެ ހިތެވެ. ރިސޯޓެއްގެ އެހެން ހުރިހާ ކަމެއް ކިތަންމެ ފުރިހަމަވެފައި ތަރުތީބުން ހުއްޓަސް އެފް އެންބީ ގެ ހިދުމަތް ބޮލައަޅަފައި އޮތްނަމަ އެ ރިސޯޓެއްގެ ދުވަސް ދިޔައީއެވެ. އެހެން ކަމުން އެފް އެންބީ ޚިދުމަތަކީ ފެންވަރު ހުރި ރަނގަޅު ތަރުތީބުގައި އިންތިޒާމްވެގެން މޮޅަށް ދެވެ ހިދުމަތަކަށް ހެދުމަށް މުޅި ޓޫރިޒަމް ސިނައަތުން ސަމާލުކަން ދެއެވެ. 

ހިދުމަތެއް ރަނގަޅަށް ދެވޭނީ އެހިދުމަތް ދޭން ތިބޭ ބަޔަކީ ރަނގަޅު ތަމްރީނާ ތަރުބިއްޔަތު ލިބިގެން ތަރުތީބުން ފެންވަރުހުރި ހިދުމަތެއް ދެވޭ ބަޔަކަށް ވެގެންނެވެ. ނަމަކަށް ކަމެއް ކުރާ މީހަކަށް ރަނގަޅު ހިދުމަތެއް ނުދެވޭނެއެވެ. ރީތި ނަމެއްވެސް ހޯދައެއް ނުދެވޭނެއެވެ. އެހެނަސް އަލީ އިސްމާއީލް ފަދަ ކުޅަދާނަ ހިދުމަތްތެރިން އެފްއެންބީ ދާއިރާގައި ހިދުމަތުގައި ދެމި ތިބުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ފަހުރުވެރިވާ ކަމެކެވެ. 

ބ.އަތޮޅު ކަމަދުއަށް ނިސްބަތްވާ އަލީ އިސްމާއީލަކީ އޭނާގެ ހަޔާތުގެ ބޮޑުބައި އެފްއެންބީގެ ހިދުމަތަށް ހުސްކޮށްލައިގެން ހުރި ހީވާގި މުރާލި ތަޖުރިބާކާރު އިލްމީ ދިވެހި ދަރިއެކެވެ. ރެސްޓޯރެންޓް މެނޭޖަރ ކަމުގައި ދެވަނައެއް ނެތްފަދަ ހިންގުންތެރި ހުނަރުވެރިއެކެވެ. ލޯތްބާ ކުލުނާއެކު މުއައްޒަމުންނަށް ކަމޭ ހިތައިގެން އެކުގައި އުޅެން ދަންނަ މޮޅު ޓީމް ލީޑަރެކެވެ. މަޝްހޫރު ރިސޯޓްތަކުގައި އޭނާ ކުރީން ކުރި ތަޖުރިބާ ތަކުން ފިލާވަޅު ލިބިގަނގެން މިހާތަނަށް އައި އައުންވީ ދާއިރާގައި އޭނާގެ ނަން ވިދާ ސަބަބަށެވެ. 

އަލީ އިސްމާއިލް ފާހަގަ ކޮށްލެވެނީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާ ތަކެއް ފޯރުކޮށް ދިނުމަށް ފަސްނުޖެހޭ ޚިދުމަތްތެރިއެއް ގޮތުގައެވެ. ކެއުން ބުއިން ދިނުމުގެ ހިދުމަތުގައި ލިބިހުރި އިލްމީ މުއްސަނދި ކަމާއި މެހެމާންދާރީ އަދާކުރުމުގެ ތޫނުފިލިކަމުގެ ހެޔޮ އަސަރު ސޮނެވާފުއްޓާއި ފޯ ސީޒަނާއި ފިނޮޅާއި ދިގުފަރާއި ދިގަލީ މޯލްޑިވްސް ފަދަ ޝަރަފުވެރި ތަންތަނުން ފިލާނުދެއެވެ. ނުވެސްދާނެއެވެ. ހުރިހާ މާނައެއްގައި އެނާގެ ހިދުމަތުގެ ތަރިކަ އަލީ އިސްމާއީލު ވަނީ ނެތިނުދާ ވަރަށް އެތަންތާ ބިންވަޅު ނަގާފައެވެ.

އިފުރު ރިސޯޓް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދިޔަ މަރުހަލާގައި އޭނާ އަދާކުރި މުހިންމު ދައުރަކީ އޭނާގެ ހިދުމަތުގައި ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބެކެވެ. އޭނާގެ ހުނަރުވެރި ހިދުމަތްތައް މިހާރު ތަޖުރިބާ ކުރަމުންދަނީ ކުރުނބާ މޯލްޑިވްސްއެވެ. 

އަލީގެ މައިގަނޑު އަމާޒަކީ ހިދުމަތް ލިބިގަންނަ މީހާ ހިތުން ތުހުމުން ބަލައިގަންނަ ހިދުމަތަކަށް ދެވޭ ހިދުމަތް ހެދުމެވެ. ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތައް މެނޭޖްކުރުމުން ޚިދުމަތުގެ މިންގަނޑު މަތިކޮށް އިތުރު ކުރިއެރުންތައް ހޯދުންނޫން އެހެންކަމެއް އޭނާ ނުކުރެއެވެ. މުއާމަލާތްކުރުމާއި، ޝަކުވާތައް ހައްލުކުރުމާއި، ފެންވަރާއި ރައްކާތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުމުގެ ގާބިލްކަމަކީ އަލީގެ ކާމިޔާބީއެވެ. ނަތީޖާއެއްގެ ގޮތުން އެއްބާރުލުމާއި އެހިތެރިކަން ކުރިއަރާފައިވާ މަސައްކަތުގެ މާހައުލެއް އޭނާއާއި އެކު އުފެދިފައިވެއެވެ.

އަލީ ހުސްވެ ހުންނަނީ އޭނާގެ ޓީމް މެމްބަރުންގެ މެދުގައި ހިނގާ ނުތަނަވަސްކަން ނައްތަލާ ކަންބޮޑުވުންތައް ހައްލުކޮށްދީ ފަހި ހީވާގި މުރާލި ހިދުމަތްތެރި މަސައްކަތު ވެއްޓެއް ގާއިމުކޮށް ދެމެހެއްޓުމަށެވެ. އަޑުއަހާ ވާހަކަ ދެކެވޭ މަޝްވަރާ ކުރެވޭ އިހުތިރާމާއި ކުލުނުވެރި މާހައުލެއް ނަގަހައްޓާ ދެމެހެއްޓުމަކީ އަލީގެ ޓިމްވޯކް ސިފައެވެ. އަގުވަޒަން ކުރުމާ ހިތްވަރު ދިނުމަކީ އަލީއަށް ކުރެވޭ އިތުބާރުގެ ސިއްރެވެ. އަލީ ވަނީ ޓީމުގެ ޖުމްލަ ކާމިޔާބީއަށް އެހީތެރިވެދޭ އެއްބައިވަންތަ މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދީފައެވެ.

މެހެމާންދާރީގެ ދާއިރާގައި އަލީ އިސްމާއީލް ސާބިތުވެ ހުރީ ޝައުގުވެރިކަމާއި، ޚިދުމަތްތެރިކަމާއި، މޮޅުވުމަށް އަޒުމު ކަނޑައަޅައިގެން ކުރިއަށް ދިޔަދިޔުމުންނެވެ. ރިސޯޓްތަކުން ފެށިގެން ކުރުނބާ މޯލްޑިވްސްގައި އަދާކުރަމުންދާ ދައުރުން ދައްކުވާދެނީ އަމިއްލަ މަސައްކަތުން ހޯދި ކާމިޔާބީތަކުން މެހެމާންދާރީ އަދާކުރުމުގެ ސިނާއަތަށް އަގުބޮޑު ޖަވާހިރަކަށްވެފައި ވާކަމެވެ. ދާއިރާއަށް ހިދުމަތް ކުރުމުގައި ހާސިލުވި އުސްމިންތަކަކީ އަލީ އިސްމާއީލު ކުރަމުންދާ ދަތުރުގެ ނިމުމެއް ނޫނެވެ.