ޝަބާނާ އާދަމްގެ 25 އަހަރުގެ ހިދުމަތަށް އެސްޓީއޯގެ ޝުކުރު

ސަބާނާގެ 25 އަހަރުގެ މެދުކެންޑުމެްނެތް ހިދުމަތް އެސްޓީއޯއިން އަގުވަޒަން ކޮށްފި

ޝަބާނާ އާދަމްގެ 25 އަހަރުގެ ހިދުމަތަށް އެސްޓީއޯގެ ޝުކުރު

ހީވާގިކަމާ އަމާނާތްތެރިކަމާއެކު ދިގު މުއްދަތެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަކީ އެސްޓީއޯއިން ފަހުރުވެރި ކަމާއެކު ފާހަގަ ކުރާކަމެކެވެ. މިފަދަ މުވައްޒަފުންނަކީ އެސްޓިއޯއިން ދެކެނީ އެއީ އެކުންފުނީގެ އުޖާލާ ދުރުމުސްތަޤްބަލް ގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން ގެންދާ މޭސްތެރިން ކަމުގައެވެ.

އެ ގޮތުން އެސްޓީއޯ އިންވަނީ  ޝަބާނާ އާދަމް، އެ ކުންފުނީގައި ހޭދަކުރި 25 އަހަރުގެ ދިގު މުއްދަތަށް ޓަކައި ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ޝަބާނާ އަކީ އެނާޖީ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޑިޕާޓްމަންޓުގައި ސޭލްސް ކޯޑިނޭޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ފަރާތެކެވެ.

އެސްޓިއޯއަށް ހިދުމަތް ކުރުގައި މިއަދާ ހަމައަށް ވެސް އޭނާ ވަނީ އާދަޔާ ހިލާފު ހުނަރުތަކާއި އިންޑަސްޓްރީގެ ފުރިހަމަ އިލްމާއި މަސައްކަތުގެ ހަރުދަނާ އަޚްލާޤެއް ދައްކުވައިދީފައެވެ. ފާހަގަ ކޮށްލެވޭ ނަތީޖާ ތަކެއް ނެރެދިނުމަށާއި ކަސްޓަމަރުންނަށް ހިދުމަތެއް ފޯރުކޮށްދިނުމަށް ޝަބާނާގެ ދައުރަކީ އެ ކުންފުންޏަށް އަގުނުކުރެވޭ ވަރުގެ އެސެޓެއްކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އެސްޓީއޯގެ އެދުމަކީ ޝަބާނާ ދައްކަމުން އެގެންދާ މިސާލުގައި އެ ކުންފުނީގައި ދެންތިބި މުވައްޒަފުންވެސް ނަމޫނާ އަކަށް ބަލައިގެން އޭގައި ހިފެހެއްޓުމެވެ. ޝަބާނާ ގެ މި މުހިންމު ކާމިޔާބީ ފާހަގަ ކުރަމުންދާއިރު، އެސްޓީއޯއިން ވަނީ އޭނާ އެތައް އަހަރެއް ވަންދެން ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ޝަބާނާ ކުރަމުން ގެންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިފައެވެ. ޝަބާނާގެ ހިދުމަތްތަކަކީ އެސްޓީއޯގެ ކުރިއެރުމުގެ ބިންގަލާއި ސަގާފަތް ބައްޓަންކޮށް، ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާން އާކޮށްދޭ ކާމިޔާބީތަކެކެވެ.