އެސްޓިއޯގެ އާ ބާޖާއެކު މާފަރު އެއާޕޯޓުން ޖެޓްފިއުލް އަގު ދަށައް!

އެސްޓީއޯގެ އާ ޖެޓްފިއުލް އުފުލާބާޖު (ލަގަނާ) ތައާރަފުކުރުމުން ޖެޓްފިއުލުގެ ދެގުނަ ހެޔޮ

އެސްޓިއޯގެ އާ ބާޖާއެކު މާފަރު އެއާޕޯޓުން ޖެޓްފިއުލް އަގު ދަށައް!

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެސްޓީއޯގެ ހާއްސަ ބާޖެއް ކަމަށްވާ ލަގަނާ ތައާރަފްކުރުމާ އެކު ޖެޓް ފިއުލްގެ އަގު ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ. އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ތެޔޮ ރައްކާކުރުމާއި ތެޔޮ އެޅުމުގެ ހިދުމަތް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ހަބެއްގެ ގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ ސަބަބުން އެ ސަރަހައްދަށް ޕްރައިވެޓް ޖެޓްތައް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ޖެޓް ފިއުލްގެ ސްޕެޝަލައިޒްޑް ހޭންޑްލިން އާއި ޓްރާންސްޕޯޓް ރިކުއާމަންޓުގެ ސަބަބުން ރައްކާތެރިކަމާއެކު ޑެލިވަރީ ކުރުމަށް ހާއްސަ އާލާތްތަކާއި ވެހިކަލްތައް ބޭނުންކުރަން ޖެހެއެވެ.

އައިއޭއެސްއެލް އިން އެސްޓީއޯއާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެޓް ފިއުލް ސަޕްލައި ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭގެ ފަހުން އެސްޓީއޯއިން ގެންދިޔައީ ސަޕްލައި ސައިޑް އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ތެޔޮ ސްޓޭޝަން ތަކަށް ޖެޓް އޭ-1 ފިއުލް ޑެލިވަރީ ކުރެވިގެން ދިޔައީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ލަގަނާ ތައާރަފް ކުރުމާއި ގުޅިގެންނެވެ. ލަގަނާއަކީ އެންމެފަހުގެ މިނެކިރުމުގެ އެޑްވާންސް އާލާތްތަކާއެކު ކޮލިޓީ އެޝުއަރެންސް ކޯޑްތަކަށް ފެތޭ އިންޑަސްޓްރީ ސްޓޭންޑަޑް އޭވިއޭޝަން ފިލްޓަރުތަކެއް އެކުލެވިގެންވާ 200 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ބާޖެކެވެ.