ޑަޗް ފުޓްބޯޅަ މެޗެއް ފަޔަރވޯކްސްއާއި ހުރެ މެދުކެނޑިއްޖެ

ޑަޗް ފުޓްބޯޅަ މެޗެއް ފަޔަރވޯކްސްއާއި ހުރެ މެދުކެނޑިއްޖެ
ޑަޗް ފުޓްބޯޅަ މެޗެއް ފަޔަރވޯކްސްއާއި ހުރެ މެދުކެނޑިއްޖެ

މެއި މަހުގެ 14 ވީ އާދީއްތަ ދުވަހު އެފްސީ ގްރޮނިންގެން އާއި އޭޖެކްސް ބައްދަލުކުރި ޑަޗް ފުޓްބޯޅަ މެޗް ސަޕޯޓަރުން ދަނޑަށް ފަޔަރވޯކް އުކުމާ ގުޅިގެން ކުޅެން ފެށިތާ 10 މިނެޓު ފަހުންވަނީ މެޗް ހުއްޓާލާފައެވެ.

އެމްސްޓަޑަމްގައި ހުންނަ ކްލަބް އޭޖެކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،”އެފްސީ ގްރޮނިންގެން އާއި އޭޖެކްސް ކުޅުން 10 މިނެޓް ފަހުން ސަސްޕެންޑްކޮށްފައިވަނީ ދަނޑަށް ފަޔަރވޯކް އުކައިގެން އެތައް ބައިވަރު ހާދިސާތަކެއް ކުރިމަތިވުމުންނެވެ."

އަޔެކްސް އިން އެމީހުންގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗުގެ ބާކީ ބައި ކުޅޭނީ ސަޕޯޓަރުންނާ ނުލައި މެއި މަހުގެ 16 ވާ އަންގާރަ ދުވަހުގެ އެ މީހުންގެ ގަޑިން މެންދުރު ފަހު 3 ޖަހާއިރުކަމަށެވެ.

ޑަޗް ޓޮޕް ފްލައިޓް ލީގުގެ މެޗުތައް ހުކުރު ދުވަހުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވަނީ ދަނޑަށް އެއްޗެހި އުކުމާ ގުޅިގެންނެވެ.