އެލްޖީބީޓީއާއި ދެކޮޅަށް އެކަހެރިވެއްޖެ

އެލްޖީބީޓީއާއި ދެކޮޅަށް އެކަހެރިވެއްޖެ

މޮނާކޯ އާއި ލީލްގެ ކުޅުންތެރިން 14 މެއި 2023 ގައި ކުޅުނު  މެޗް ފެށިގެން ދިޔައީ "ގޭ ނުވަތަ ސްޓްރެއިޓް " އަހަރެމެން އެންމެން ލައިގެން އުޅެނީ އެއް ޖާޒީ" ލިޔެފައިވާ ބެނާއެއް ހިފައިގެންނެވެ.

ޓޫލޫސްގެ ބައެއް ކުޅުންތެރިން ލީގު 1 ގައި އާދީއްތަ ދުވަހު ނަންޓޭސްއާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ ބާކީ ކޮއްފައިއެވެ. އެއީ އެމީހުން މިފަހަރު ލީގުގައި ސަޕޯޓުކުރާ އެއް ޝިޔާރެއްކަމަށް ވާ ހޯމޯފޯބިޔާއަށް ތާއީދު ކުރުމަށް އެއްބަސް ނުވާތީއެވެ.

މި އިޝާރާތަކީ 17 މެއިގައި ބޭއްވޭ ދުނިޔޭގެ "ޑޭ އެގޭންސް ހޯމޯފޯބިއާ، ޓްރާންސްފޯބިއާ އެންޑް ބައިފޯބިއާ "އަށް އެހީތެރިވުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.

އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްބައި ކުޅުންތެރިން "އެލްޖީބީޓީ" ހަރަކާތް ތަމްސީލުކުރާ ރެއިންބޯ ކުލަތަކާ އެމީހުންގެ ތަސްވީރު ގުޅުވާލުމާ މެދު ޚިޔާލުތަފާތުވުން ފާޅުކުރި" ކަމަށެވެ.

މިގޮތުން ޓޫލޫސް އާއި މޮރޮކޯގެ ފޯވާޑް ޒަކަރިއާ އަބޫކްލާލް، އިދްރީސާ ގުއޭ އާއި ނަންޓޭސްގެ މުސްތަފާ މުހައްމަދު ވެސް ވަނީ "އެލްޖީބީޓީ" އިސްތިހާރު  ކުރާ އެއްވެސް އެއްޗެއް ލައިގެން މެޗްތައް ނުކުޅުމަށް ނިންމާފައެވެ.