ބޯޓެއް އަޑިއަށް ގޮސްގެން 41 މީހުން މަރުވެއްޖެ

ބޯޓެއް އަޑިއަށް ގޮސްގެން 41 މީހުން މަރުވެއްޖެ

އިޓަލީގެ ލަމްޕެޑޫސާ ޖަޒީރާއެއްގެ ކައިރިން ބޯޓެއް އަޑިއަށް ގޮސް 41 މީހުން މަރުވެފައިވާ ކަމަށް ސަލާމަތްވި މީހުން ބުނެފިއެވެ.

މި ކާރިސާއިން ސަލާމަތްވީ އެންމެ ހަތަރު މީހުން މީހުންނެވެ. އެއީ  13 އަހަރުގެ ފިރިހެން ކުއްޖަކާއި ދެ ފިރިހެނަކާއި އަންހެނަކުއެވެ.

ސަލާމަތްވި މީހުން ބުނި ގޮތުގައި އެ މީހުން ތިބީ ތިން ކުޑަކުދިން ހިމެނޭ ގޮތަށް 45 މީހުންނާއެކު ދަތުރުކުރި ދޯންޏެއްގައި ކަމަށެވެ.

އެމީހުން ބުނި ގޮތުގައި ގާތްގަނޑަކަށް 7 މީޓަރު (20 ފޫޓު) ދިގު މި ދޯނި މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސްފަކްސް އިން ފުރައިގެން ދިޔަ ތަނާ ގަޑިއެއްހާއިރު ތެރޭގައި ބޮޑު ރާޅެއް ޖެހުމަށް ފަހު އަޑިއަށް ދިޔައީ ކަމަށެވެ.

އުތުރު އެފްރިކާއިން ޔޫރަޕަށް ކަނޑު ހުރަސްކޮށް ދަތުރުކުރި މީހުންގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1800 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.