މައިން ބަފައިންގެ ނެތް އަހުލާގެއް ދަރިންގެ ނުހުންނާނެ
ސްކޫލްތަކުގައި ގްރޭޑް 10ން ދަށަށް ފޯނު ވެއްދުން އަބަދުވެސް މަނާކޮށްފައިވާކަން ނޭނގުނީ ދަރިސޮރު ސްކޫލަށް ފޯނު ގެންދާތި ކަމަށް ވެދާނެެެވެ. ނުވަތަ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިން ފެއިލްވީމާ ކަމަށްވެސް ވެދާނެއެވެ.
ދަރިފުޅު ދޮންފުތުކޮށް މުޅި ރާއްޖޭގައި ހަނގާކުރީ ކަމަށް ގޮވާ ބަޔަކު މީހުން ކޯޓަށް ދެމިތާ މާގިނަ ދުވަހެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ފެނުނީ ދެ ޖިންސު ކުދިންތަކެއް މަސްހުނިވެ ޕާޓީ ކޮށް ނަށާ ޑީޖޭ ކުރިމަންޒަރެވެ. މި ފަހަރުވެސް ގޯސްވީ ފޮޓޯ އާއި ވީޑިއޯ ކުރި ކުއްޖާއެވެ. އެ ކުއްޖާ ނުކުޅެދޭ ކުއްޖަކަށް ނުވެ ހުރީ ކިރިޔާ ކަމަށް ވެސް ބުނެއެވެ.
ދަރިންގެ އެންމެ ފުރަތަމަ އެދުރުންނަކީ މައިންބަފައިންނެވެ. އެމީހުންގެ ކިބައިގައި ނެތް ތެދުވެރިކަމެއް އަހުލާގެއް ދަރިންގެ ކިބަޔަކުން ނުފެންނާނެެއެވެ.
ކޮންމެ ފަހަރަކީ އެ ވިސްނުމުން މޮޅެއް ހޯދޭނެ ކަންކަމެއް ނޫނެވެ. އަދި ހޯދާ މޮޅަކީ މުސްތަގުބަލު މުޅިން އަނދިރި ކޮށްލާ ކަމަކަށް ވުމަކީ ދުރު ކަމެއް ނޫނެވެ. ގޭތެރެ ރަމަތަކޮށް ދަރިންނާއި މެދު އިހުމާލު ވާނަމަ ދެން އެހެން ކަންކަން ހުންނާނީ ފާލުން ނެއްޓިފައެވެ. އެކަމުގައި އުމައިރެއް ޒުމައިރެއް ތަފާތެއް ނުވެއެވެ.



