އަލިފުށި ދާއިރާގެ މެންބަރ ބިގޭއާއި މެދު ރައްޔިތުން ފަހުރުވެރިވޭ
އަލިފުއްޓަކީ ދޯނިފަހަރު ބަނުމަށް ހާއްސަ ރަށެއް
އަލިފުއްޓަކީ އޮޑިދޯނިފަހަރާއި އަދި ސަފާރީ އާއި ކަންނެލި ދޯނިފަހަރު ބަނުމަށް ހާއްސަ ރަށެކެވެ. ވަކިން ހާއްސަކޮށް އަލިފުށީގެ ވަޑިން ބޯރޓް ޔާޑްހަދައިގެން ކުރަމުންދާ މިފުޅާ ވިޔަފާރިއަކީ ގައުމީ ފެންވަރެއްގައި ފާހަގަކޮށްލެވޭ ވިޔަފާރިއެކެވެ. މިދެންނެވި ވިޔަފާއާއި އެހެނިހެން ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތައް ހޯދުމަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ކެނޑިނޭޅި ދަނީ މަސަތްކަތް ކުރަމުންނެވެ.
ހުރިހާ މަސަތްކަތެއް ކުރުމަށް އެންމެ އިސްސަފެއްގައި ފޫގަޅާލާގެން ދޫދިނުމެއްނެތި މަސަތްކަތް ކުރަމުން ގެންދަނީ އަލިފުށީ ދާއިރާގެ މެންބަރު ބިގޭއެވެ. ރައްޔިތުން ތިބީވެސް މެމްބަރުގެ މަސަތްކަތާއި މެދު ހިތްހަމަ ޖެހިފައެވެ. އެތަކެއް އުއްމީދުތަކާއިއެކު ރައްޔިތުންނާއި ކައިރިން ކުރައްވަމުން ގެންދަވާ މަސަތްކަތްތަކުގައި ނުހަނު ބާރައް ދަނީ ކުލަޖެހެމުންނެވެ. އެ ގޮތުން ރަށުގައި އެއާރޕޯރޓް އެޅުމުގެ އިތުރުން، ޓިވެޓް ސެންޓަރު ހެދުން ފަދަ ބޮޑެތި މަސްރޫޢުތައް ކުރިއައް އެބަގެންދަވައެވެ. އަދި ސުކޫލުގައި ކުރަންހުރި ކަންކަމާއި ، މަގުހެދުން ފަދަ އެތައް ކަމެއް ކުރިއަށް އޮތްތަނުގައި ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަނެއްކޮޅުން ރަށުފެންވަރުގައި ކުރަންހުރި އެހެނިހެން މަސަތްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވި ހަމަޖެހިފައެވެ. އަލިފުއްޓަށް އަންނަމުންދާ ތަރައްގީ ރައްޔިތުން ބަލައިގަންނަނީ އުފަލާއި އެކުގައެވެ. އަދި ސަރުކާރާ ގުޅިގެން މިދެންނެވި ހުރިހާ މަސަތްކަތެއްގައި އަމަލީ ސިފަ ޖެއްސުމައް އެމްޕީ ބިގޭ ކުރަމުންދާ މަސަތްކަތް ވެސް ބަލައިގަންނަނީ ނުހަނު އުފަލާއިއެކުގައެވެ. ރަށުގެ ރައްޔިތުން ތަފާތު ކުރުމެއްނެތި މެންބަރު ރައްޔިތުންނަށް ގެނެސްދެއްވާ ތަރައްގީއަކީ އެހެން ސިޔާސީ ބޭފުޅުންނަށް ނަމޫނޫނާ މަސަތްކަތެކެވެ.