ޓުއަރިޒަމްގެ ދުވެލި ފައްކާވެ ތަރައްޤީއަށް އާރޯކަން

ދުނިޔޭގެ ވައިގެ ދަތުރުފަތުރުތައް 2022 ވަނަ އަހަރު ރަނގަޅުވާނެ

ޓުއަރިޒަމްގެ ދުވެލި ފައްކާވެ ތަރައްޤީއަށް އާރޯކަން

2019  ވަނަ އަހަރު ނިމުނުއިރު ފަތުރުވެރިންގެ އަދަދު ވަނީ 1.7 މިލިއަނަށް އަރާފައެވެ. ކޯވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރު ރާއްޖެ އަންނަ މީހުންގެ އަދަދު މަދުވި ނަމަވެސް 2020 ވަނަ އަހަރުގެ ޖުލައި މަހު ބޯޑަރުތައް ހުޅުވުމަށްފަހު ފަތުރުވެރިންގެ އަދަދު ލަފާކުރި ވަރަށް ވުރެ މައްޗަށް ދިޔައެވެ .

ދުނިޔޭގެ ވައިގެ ދަތުރުފަތުރުތައް 2022 ވަނަ އަހަރު ރަނގަޅުވާނެ ކަމަށް ލަފާކުރިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއު މި އަހަރު ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މިއާއިއެކު ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

78000 އަކަމީޓަރުގެ ފްލޯ ސްޕޭސްއެއް ހިމެނޭ ގޮތަށް މި އަހަރު ހުޅުވަން ރާވާފައިވާ ވީއައިއޭގެ އާ ޕެސެންޖަރ ޓާމިނަލް ފަރުމާކޮށްފައި ވަނީ އަހަރަކު 7.28 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށެވެ. މި ޓާމިނަލްގައި ބައިނަލްއަގްވާމީ 14 އެއަރ ޓްރެފިކް މޫވްމަންޓް މެނޭޖް ކުރުމުގެ ގާބިލްކަން ހުންނައިރު، ކޮންމެ ގަޑިއިރަކު އަންނަ 1700 އަށް ވުރެ ގިނަ ފަސިންޖަރުންނާއި ފުރާ 1600 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ލިބޭނެ އެވެ. 9000 އަކަމީޓަރުގެ ސަރަހައްދެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައިނަލްއަގްވާމީ ބްރޭންޑްތަކާއެކު ލަގްޒަރީ ޑިއުޓީ ފްރީ ބޮޓިކްތަކާއި އެކި ގައުމުތަކުގެ ރަހަތަކާއި ކެއުމަށް ހާއްސަކޮށް އެފް އެންޑް ބީ ފެސިލިޓީތައް ބެހެއްޓޭނެއެވެ.

މި އަހަރުގެ ނިޔަލަށް މި ދާއިރާއަށް 35،000 އާ އެނދު އިތުރު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި ދާއިރާ ފުޅާކުރުމުގެ ސަމާލުކަން ދީފައިވަނީ ޑައިވަރސިފިކޭޝަން އަދި ލޮކަލައިޒޭޝަން އަށެވެ.

ވަން އިލެންޑް ވަން ރިސޯރޓް ކޮންސެޕްޓަށް ބިނާކޮށް ހައި ވެލިއު ޑިވެލޮޕްމަންޓްތަކާއި ޔޮޓް މެރީނާތަކާއި ލަގްޒަރީ އެކޮމޮޑޭޝަން އަދި ހޮޓަލްތަކާއި ގެސްޓްހައުސް ދާއިރާގައި އިންވެސްޓުކުރުމަށް މިހާރު ވަނީ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައެވެ.

ސަގާފަތާއި ވެލްނެސް ޓޫރިޒަމް ފުޅާކޮށްދޭނެ އިންވެސްޓްމަންޓްތަކާއި އީކޯޓޫރިޒަމް އާއި އެމްއައިސީއީ އަދި އެޑްވެންޗާ ޓޫރިޒަމްއަށް ވެސް މަރުހަބާ ކިޔައެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ހޮލިޑޭ ހޯމްތަކާއި ލޯކަލް ގެސްޓްހައުސް ހިމެނޭ ގޮތަށް ޓޫރިޒަމް ރިއަލް އެސްޓޭޓަށް އިންވެސްޓްކުރުމަކީ އިންވެސްޓަރުންނަށް ހުރި އޮޕްސަންތަކެވެ. 27 އެޕްރީލް 2023 ގެ ނިޔަލައް 666830 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ކުރީ އަހަރުގެ މި މަހާއި އަޅާބަލާއިރު 19.6 ޕަސެންޓްގެ ކުރިއެރުމެކެވެ.