އަމާން ކަމާއި އެކު ގައުމައިގެން ކުރިއަށް

މިނިވަން މުސްޠަޤިއްލު އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ ދިވެހިން ރުހޭ ގޮތެއް ނޫން

އަމާން ކަމާއި އެކު ގައުމައިގެން ކުރިއަށް

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރިޔަށް ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕު ހަދާގެން ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކެއް ލިބޭގޮތަށެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް އިންނާއި އެހެން ފަރާތްތަކުންވެސް މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާނީ ރައްޔިތުންނަށް ބެލުމެއްނެތި އަޅުގަނޑުމެން ދަރިންގެ ކުރިމަތީ އެތަކެއް ހަޑިހުތުރު ބަސްތަކެއް ބޭނުންކޮށް ގައުމު ހަލަބޮލި ކުރާނެ ހުރިހާ ގޮތްތަކެއް ބޭނުންކޮށްގެނެވެ. މީގެން އެއްވެސް ކަމަކުން ހެޔޮ ނަތީޖާއެއް ނުނިކުންނަކަން އެގޭއިރު ވެސް ދިޔައީ ގައުމު ހަލަބޮލި ކުރުމުގައި އަވަދިނެތި އުޅެމުންނެވެ. 

މިއަދު އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މުޅި މަންޒަރު މިވަނީ ބަދަލު ކޮށްލާފައެވެ. އިމެއް ނެތް މިންވަރަށް މިނިވަންކަން ދެވިފައިވީ ނަމަވެސް މަގުމަތިތައް އަމާނެވެ. ހަލަބޮލިމަގުތައް ސާފުކޮށް އަމާންކޮށް ދެއްވައިފިއެވެ. ރެއާއި ދުވާލު ހަޑިހުތުރު ބަސްތައް މަގުމަތީ ގޮވާ، މީހުނަށް ބުލީ ކުރަމުން ދިޔަމީހުންތައް މިއަދު ގެއްލިއްޖެއެވެ. ވެރިއެއްގެ ހިކުމަތްތެރިކަމާއި ރޭވުންތެރިކަން މިވެރިކަމުގައި ދަނީ ފެންނަމުންނެވެ. އަދި ކެއްތެރިކަމާއެކު ކަންކަން ނިންމެވުމާއި ، ކަންކަން ނިންމަވާއިރު ރައްޔިތުމީހާގެ ބަސް އިސް ކުރައްވަމުން ދާތަން ފެނެއެވެ.

ކައުންސިލްތަކާއި ސިވިލް ސާރވިސް ބާރުވެރިކޮށް އެކަށޭނެ އުޖޫރަ ދެވެއެވެ. ދިވެހި ރައްޔިތުންނަށް މިނިވަން ޖައްވަކަށް ނޭލެވޭކަމުގެ އިހުސާސް ކުރެވެއެވެ. އަލުން އަނބުރާ ހަލަބޮލި މާހައުލަކަށް ދިވިހިންގެ އެކަކުވެސް ދާކަށް ބޭނުމެއް ނުވާނެއެވެ. ކޮރަޕްޝަނާއި ހަޑިހުތުރު ފާސިގު ބައެއްގެ އަތްމައްޗައް ހަމަ ޔަގީނުން ވެސް ވެރިކަން ހަވާލެއް ނުކުރާނައެވެ. 

ޤައުމެއްގެ މިނިވަން ކަމަކީ އެ ގައުމެއް ދިރިދެމި އޮތުމުގެ އެންމެ މުހިއްމު ރުކުނެވެ. ސުލްޙަ މަސަލަސްކަމާއި ހަމަޖެހުމާއި އުފާ ފާގަތިކަމާއި ތަރައްގީ ގުޅިލާމެހެނީ މިނިވަންކަމުގެ ފޮނި މީރުކަމާއެވެ. ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެކެވެ. އެކަތިގަނޑެއްގެ ގޮތުގައި މިނިވަން ކަމަށްޓަކާ ވާންޖެހުނު ކޮންމެ ގުުރުބާނީއެއް ދިވެހިން ވަނީ ވެފައެވެ. އިންޑިއާ ކަނޑަށް ދޮށީ މި ގައުމުގެ ލިޔެވިފައިނެތް ގަދީމީ ތާރީހާއި އޭގެފަހުގެ ތާރީހުން މި މަންޒަރު ސާފުކޮށް ބަޔާން ވެފައި އެބައޮތެވެ. މިނިވަން މުސްތަގިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ ދިވެހިން ރުހޭ ގޮތެއް ނޫނެވެ.