އެމްޑީޕީގެ ރައީސް ހަންގޭރީގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ރައީސް ހަންގޭރީގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި

ހަންގޭރީގެ ފޮރިން އެފެއާޒް އަދި ޓްރޭޑް މިނިސްޓަރ، ޕީޓަރ ސިޖާރްޓޯ އާ ބުޑަފެސްޓްގައި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ބައްދަލު ކުރައްވައިފިއެވެ. މިނިސްޓަރ ޕީޓަރ އާ ބައްދަލު ކުރެއްވުނުކަމީ ވަރަށް އުފާވެރި ކަމެއްކަމަށް ޝާހިދު ސިފަކުރެއްވިއެވެ.

ވަރަށް ގިނަ ކަންކަމާ ގުޅޭގޮތުން އެ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އެކިއެކި ހަނގުރާމަތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނެވެ. ކުރިއަށްވުރެ ބޮޑަށް ސުލްހައަށް މިހާރު ބޭނުންވެފައިވާކަމަށް ދެބޭފުޅުންނަށް އެއްބަސްވެ ވަޑައިގެންނެވުނެވެ.

މިނިސްޓަރ ސިޖާރްޓޯ ރަސްމީ ދަތުރުފުޅެއްގައި 2022 ވަނަ އަހަރު ދިވެހިރާއްޖެއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވުމަށް ފުރުރުސަތު ލިބިވަޑައިގަތުމުން އުފާވެ ވަޑައިގެންކަން މިދަތުރުފުޅުގައިވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

އޮނަރަބަލް ޝާހިދުވަނީ ދިވެހިރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭގޮތުން ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރަށް މައުލޫމާތު އަރުވާފައެވެ.