އދ އަކީ ސުލްހާއާއި އެއްބާރުލުން ހިއްސާކުރެވޭ އުއްމީދުގެ އަލިމަގެއް: ޝާހިދު

އދ އަކީ ސުލްހާއާއި އެއްބާރުލުން ހިއްސާކުރެވޭ އުއްމީދުގެ އަލިމަގެއް: ޝާހިދު

އދ. ގެ މަޖިލީހުގެ 76 ވަނަ ރައީސްގެ ހައިސިއްޔަތުން، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ 80 އަހަރު ފާހަގަކުރުމުގައި އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އިނަރަބަލް އަބްދުއްލާ ޝާހިދު ބައިވެރިވެ ވަޑައިގެން ދުނިޔެއާ ގުޅިލާމެހިވަޑައިގެންފިއެވެ.

އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަކީ ސުލްހާއާއި، އެއްބާރުލުން ހިއްސާކުރެވޭ އުއްމީދުގެ އަލިމަގެކެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ 80 އަހަރު ފާހަގަކުރުމުގެ ގޮތުން އެކުވެރި ދައުލަތްތަކުގެ މަޖިލީހުގެ ރައީސުންގެ މަޖިލީހުން މިއަދު ބަޔާނެއް ވެސް ވަނީ ނެރެފައެވެ. އެކުވެރި ދައުލަތްތަކުގެ މަޖިލީހުގެ ރައީސުން ނެރުނު ބަޔާނުގައި އަލުން ހަނދާންކޮށްދެނީ އެ ބޭފުޅުން އދ. ގެ ކާމިޔާބީތައް ފާހަގަކުރާއިރު ހުރި ގޮންޖެހުންތަކާވެސް ކުރިމަތިލާން ޖެހޭކަމެވެ.

އިތުބާރު ލިބިފައިވާ އަދި އަސަރުފޯރުވަނިވި މުއައްސަސާއެއްގެ ގޮތުގައި އދ ދެމި އޮތުމަށް، އެކުވެރި ދައުލަތްތަކުން އެތާނގެ މުއައްސަސާތައް އާރޯކުރުވައި، ބައިނަލްއަގުވާމީ ގާނޫނު ދެމެހެއްޓުމާއެކު، ގިނަ ބައެއްގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށް އިތުބާރު އާކުރަންޖެހޭ ކަމަށް އެކުވެރި ދައުލަތްތަކުގެ މަޖިލީހުގެ ރައީސުން އިގުރާރުވެއެވެ.

ދުނިޔޭގެ އެ މުހިންމު މުއައްސަސާ ވަރުގަދަކޮށް އިސްލާހުކުރުމަށް އެކުގައި މަސައްކަތްކޮށް، އެންމެންނަށް އިންސާފުވެރިކަން ލިބިދެވޭ ރައްކާތެރި ދުނިޔެއެއް އުފެއްދުމަށް މަސައްކަތްކުރުމަށް އެކުވެރި ދައުލަތްތަކުގެ މަޖިލީހުގެ ރައީސުން ގޮވާލައްވާފައިވެއެވެ.