ވެޓަރަންސްލީގުގެ ފައިނަލް ޝަރަފްވެރި މެހެމާނަކީ ސްޓެލްކޯ ޝަރީފް
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ދުޅަހެޔޮކަމާއި ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމަށް ގިނަގުނަ ހަރަކާތްތަކެއް އިޖްތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ ހިންގަމުންނެވެ. އެ ގޮތުން ކުޅިވަރުގެ ތަފާތު ހަރަކާތްތަކާއި އިވެންޓުތަކަށް އަމަލީ ގޮތުންނާއި ފައިސާގެ ގޮތުން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މި އަހަރުގެ ސްޓެލްކޯ ވެޓަރަންސް ލީގުގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ. ސްޓެލްކޯއަކީ ޒިންމާދާރު ކޯޕަރޭޓް ކުންފުންޏެކެވެ. އެ ކުންފުންޏަކީ އަބަދުވެސް ކުޅިވަރާއި ކުޅިވަރު ކުޅުންތެރިންގެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ކުންފުންޏެކެވެ.
ރާއްޖޭގެ ކަރަންޓު ފޯރުކޮއްދޭ އެންމެ މައި ކުންފުނީގެ ހައިސިއްޔަތުން، ދުޅަހެޔޮ އަދި އުފެއްދުންތެރި މުޖުތަމައަކަށް ކުޅިވަރާއި ފިޒިކަލް ފިޓްނަސް ކުރިއެރުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ސްޓެލްކޯއިން ގަބޫލުކުރެއެވެ. އަދި މިފަދަ ހަރަކާތް ތަކުގައި ސްޓެލްކޯގެ މެނޭޖިނގް ޑިރެކްޓަރ ޝަރީފް ހުންނެވުމުން ފިޒިކަލް ފިޓްނަސްއާއި ކުޅިވަރު ކުރިއެރުއްވުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ސަމާލުކަންދޭ މިންވަރު ދައްކުވައިދެއެވެ.