ސަލްމާންޚާން ބޮލީވުޑްގެ މަސައްކަތުގައި އަވަދިނެތި

މިދުވަސްވަރަކީ ސަލްމާން ޚާން ބޮލީވުޑްގެ މަސައްކަތުގައި އަވަދި ނެތި އުޅޭ ދުވަސްވަރެއްކެވެ.

ސަލްމާންޚާން ބޮލީވުޑްގެ މަސައްކަތުގައި އަވަދިނެތި

މި ދުވަސްވަރަކީ ސަލްމާން ޚާން  ބޮލީވުޑްގެ މަސައްކަތުގައި  އަވަދި ނެތި  އުޅޭ ދުވަސްވަރެއްކެވެ. ހުކުރު ދުވަހު " ކިސީ ކާ ބައި ކިސީ ކީ ޖާން" ސިނަމާއަށް ނެރުމަށް ފަހު އޭނާ އުޅެނީ އާއިލާއާއެކު ޢީދު ފާހަގަ ކުރުމުގައި އެވެ. އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު އެކްޓަރު ދުބާއީއަށް މިސްރާބު ޖަހާނީ "އާޕް ކީ އަދާލަތު" ލޯންޗު ކުރުމަށެވެ.

އާޕް ކީ އަދާލަތަކީ 1993 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޓީވީން އެންމެ ގިނަ ދުވަހު ދައްކާ އެއް ޝޯއެވެ.

މީގެ އިތުރުން ސަލްމާން ޚާން ވަނީ 2023 ވަނަ އަހަރުގެ ފިތުރު އީދު ދުވަހު "ކިސީ ކާ ބައި ކިސީ ކީ ޖާން" ބެލުންތެެރިންނާއި ހަމަޔަށް ގެނެސްދީފައެވެ. ފިލްމުގެ ތަރިންނަކީ ސަލްމާން ޚާން، ވެންކަޓޭޝް ދަގުބާތީ، ޕޫޖާ ހެގްޑޭ، ޖަގަޕަތީ ބާބޫ، ބުމިކާ ޗަވްލާ، ވިޖެންދަރު ސިންގް، އަބިމަނިއު ސިންގް، ރާގަވް ޖުޔާލް، ސިދާތު ނިގާމް، ޖޭސީ ގިލް، ޝެހެނާޒް ގިލް، ޕަލަކް ތިވާރީ އަދި ވިނާލީ ބަޓްނަގަރ އެވެ.

މި މަސައްކަތުގެ އިތުރުން ސަލްމާންގެ ޓައިގާ 3 ދިވާލީ 2023 ގެ ތެރޭގައި ސިނަމާއަށް ނެރޭނެއެވެ.