ވިއެޓްނާމުން އާ ބާބީ މަނާކޮށްފި

ވިއެޓްނާމުން އާ ބާބީ މަނާކޮށްފި

އަލަށްނުކުންނަން އުޅޭ ބާބީ ފިލްމު ސިނަމާތަކުގަ އެޅުވުން ވިއެޓްނާމުން މަނާކޮފިއެވެ. މި ފިލްމު އެޅުވުން މަނާކޮށްފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ސަރަހައްދާ މެދު ދައުވާކުރާ މެޕެއް ދައްކާ މަންޒަރު ތަކެއް ފެނިގެން ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެފައިވެއެވެ.

ގްރެޓާ ގޭރްވިގް ޑައިރެކްޓްކޮށް މާގޯ ރޮބީ އާއި ރަޔަން ގޮސްލިންގް ލީޑް ރޯލުން ފެނިގެންދާ މަޝްހޫރު ބާބީ ބުދާ ބެހޭ ފެންޓަސީ ކޮމެޑީ ފިލްމު ވިއެޓްނާމްގައި ރިލީޒް ކުރަން ނިންމާފައި އޮތީ ޖުލައި 21 ގައެވެ.

އެކަމަކު އޭގެ ޕާފޯމަންސް ޝެޑިއުލް ގައުމުގެ ބޮޑެތި ސިނަމާ ޗެއިންތަކުގެ ވެބްސައިޓްތަކުން އުނިކޮށްފައި ވަނީ ނުވަ ޑޭޝް ލައިން ކަމަށް ބުނާ މަންޒަރުތައް ފެނުމުން ފިލްމު މަނާ ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

ޗައިނާއިން ނުވަ ޑޭޝް ލައިން ކިޔާ ލައިން ބޭނުން ކުރަމުން އަންނަނީ ގިނަ ދުވަސްތަކެއް ވަންދެން ވަސީލަތްތައް މުއްސަނދި ކަނޑުގެ ބޮޑު ބައެއްގެ މައްޗަށް ކުރާ ފުޅާ ދައުވާގައި ހިމެނޭ ސަރަހައްދު ދައްކުވައި ދިނުމުގެ ގޮތުންނެވެ.