ބޮލީވުޑް ތަރިންތަކެއްގެ ޓްވިޓަރ ލެޖެންޑަރީ ބްލޫ ޓިކް ގެއްލިއްޖެ

ސޯޝަލް މީޑިއާގައި އެތައް މިލިއަން ފޮލޯވަރުން މި އެކްޓަރުންގެ ތިބޭ

ބޮލީވުޑް ތަރިންތަކެއްގެ ޓްވިޓަރ ލެޖެންޑަރީ ބްލޫ ޓިކް ގެއްލިއްޖެ

އޭޕްރީލް 20 ވަނަ ދުވަހު ޓްވިޓާއިން ވަނީ ބޮލީވުޑްގެ ގިނަ ތަރިން ތަކެއްގެ ވެރިފިކޭޝަން މާކް ލެޖެންޑަރީ ބްލޫ ޓިކް ރަސްމީކޮށް ހުއްޓާލާފައެވެ. ނަތިޖާއަކަށް ވެގެން ދިޔައީ ބޮލީވުޑްގެ ގިނަ އެކްޓަރުންނަކީ އަގު ނުދޭ މެމްބަރުން ކަމަށް ބުނެ ޓްވިޓާގައި އެމީހުންގެ ބްލޫ ޓިކް ގެއްލިގެންދިޔުމެވެ.

ޓްވިޓަރގެ އާ ގަވާއިދުގައިވާ ގޮތުން ޓްވިޓާ ވެރިފިކޭޝަން މާކް ވަނީ ޕޭޑް ސާވިސްއަކަށެވެ. އެހެންކަމުން ވެބް މެދުވެރިކޮށް މަހަކު 8 ޑޮލަރު އަދި އައިއޯއެސް އަދި އެންޑްރޮއިޑްގައި އިން-އެޕް ޕޭމަންޓް މެދުވެރިކޮށް މަހަކު 11 ޑޮލަރު ޗާޖު ކުރެވިގެންދާނެވެ.

ޝާހްރުކް ޚާން، ސަލްމާން ޚާން، ޕްރިޔަންކާ ޗޯޕްރާ، އާލިއާ ބަޓް، އަމީތާބް ބައްޗަން، ރިތިކް ރޯޝަން، ދީޕިކާ ޕަދުކޯން، ރަޖިނީކާންތު ގެ އިތުރުން ބޮލީވުޑްގެ ބައެއް އެކްޓަރުންގެ ވެރިފައިޑް ސްޓޭޓަސް ޓްވިޓާގައި ގެއްލިއްޖެއެވެ. މި އެކްޓަރުންނަކީ ސޯޝަލް މީޑިއާގައި އެތައް މިލިއަން ފޮލޯވަރުން ތިބެއެވެ.