ފިލްމު ޕަތާން: ދުނިޔޭގެ ބޮކްސް އޮފީހުގެ ދެވަނާގައި!

ފިލްމު ޕަތާން: ދުނިޔޭގެ ބޮކްސް އޮފީހުގެ ދެވަނާގައި!

މާރވެލް ސްޓޫޑިއޯގެ " އެންޓް މޭން އެންޑް ދަ ވަސްޕް" ދުނިޔޭގެ ބޮކްއޮފީހުގެ އެއްވަނާގައި އޮތްއިރު  ބޮލީވުޑްގެ ފިލްމު ޕަތާން ވަނީ 122 މިލިއަން ޑޮލަރުގެ އާމްދަނީއާއެކު ބޮކްސްއޮފީހުގެ ދެވަނައަށް ޖެހިލާފައެވެ.

ޖެނުއަރީ 25 ގައި ރިލީޒްކުރި ޝާހްގެ ޕަތާން ފިލުމް ބޮކްސް އޮފީހުގެ ދެވަނައަށް އަރާފައިވާއިރު، މިފިލް އަދިވެސް ދަނީ ދުނިޔޭގެ އެކިކަން ކޮޅުތަކުގައި ގިނަ ސްކުރީނު ތަކެއްގައި ހައުސްފުލްކޮށް އަޅުވަމުންނެވެ.

ޔާޝްރާޖް ފިލްމްސްއިން އުފައްދާފައިވާ އެކްޝަން ތްރިލާ ފިލްމު ޕަތާންގެ އެކްޓަރުންގެ ތެރޭގައި ޝާހުގެ އިތުރުން، އާޝިތޯޝް ރާނާ އާއިއެކު ޑިޕިކާ ޕާޑޫކޯން އަދި ޖޯންއަބްރަހަމް ފެނިގެން ދާނެއެވެ. މިފިލްމް ޑައިރެކްޓް ކޮއްފައިވަނީ 2019 ވަނަ އަހަރުގެ ބުލޮކްބަސްޓަރ ފިލްމު "ވަރ" ގެ ޑަައިރެކްޓަރ ސިދާތް އާނަންދެވެ.

ފިލްމު ޕަތާންގެ ވާހަކަ ބިނާވެފަ ވަނީ ޕާކިސްތާނުގެ ޖާސޫސް އިދާރާ އައި.އެސް.އައި ގެ އެޖެންޓް ރުބީނާ އާއި އިންޑިޔާގެ ޖާސޫސް އިދާރާ ރޯ ގެ ޕަތާން އާއި ގުޅިގެން ޖިމް ނަމަކަށް ކިޔާ އޭޖެންޓެއްގެ ބަޔޯ ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވުމުގެ މައްޗަައްށެވެ. މިފިލުމުގެ ވާހަކަ ލިޔެފައިވަނީ ޝްރީ ދަރުރާގަވަން އާއި އައްބާސް ޓައިރެވާލާއެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި 2018 ވަނަ އަހަރު ނުކުތް "ޒީރޯ" އަށް ފަހު ޝާހުގެ ޕަތާން އަކީ 4 އަހަރަށް ފަހު އޭނާ އަނބުރާ އައުން ކަމުގައިއެވެ. ޕަތާން ރިލީޒް ކޮއްފައިވަނީ އިންޑިއާގެ ރިޕަބްލިކްޑޭ ހަފްތާ ބަންދާ ދިމާކޮއްށެވެ. މި ފިލްމު ރިލީޒްކޮށްފައި ވަނީ  ތަމަޅަ އަދި ޓެލަނގޫ ބަހުން ޑަބް ވާޝަން ތަކާއެކުއެވެ.                 

ފިލްމަށް އާމުންގެ މިހާބޮޑު ތަރުހީބެއް ލިބުނު އެއްސަބަބަކީ ފިލްމު ޝޫޓިން ނަގާފައިވާ ތަފާތު ތަންނަނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އެ ގޮތުން އަފްގާނިސްތާން، ސްޕެއިން، ޔޫއޭއީ، ތުރުކީ، ރަޝިޔާ، އީޓަލީ އަދި ފްރާންސްގެ އެކި ހިސާބުތަކުގައި ޝޫޓްކޮށްފައެވެ.

ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދަމުންދާ މި ފިލުމުވަނީ ދިވެހި ތިއޭޓަރު ތަކުގައިވެސް މިމަހުގެ ތެރޭގައި އަޅުވަން ފަށާފައެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގެ ޝުވެކް ސިނަމާގައި ވެސް މިފިލްމު ދަނީ އަޅުވަމުންނެވެ.