ބާރުގެ ބޭނުންކުރުމުން އިތުރުވާނީ އިތުބާރު ގެއްލުމާ ހަމަނުޖެހުން

ބާރުގެ ބޭނުންކުރުމުން އިތުރުވާނީ އިތުބާރު ގެއްލުމާ ހަމަނުޖެހުން

ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހަވެރި މުޒާހަރާގެ އިސް ދެބައިވެރިން ކަމުގައިވާ މަހުޒޫމް މާޖިދާއި ޝިމަން އަނިޔާވެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގެންދިޔުން ކުށްވެރި ކުރައްވާ އެ ދެ ޒުވާނުން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް ޢަބްދުއްލާ ޝާހިދު ރޭގައި ގޮވާލައްވައިފިއެވެ. 

ގައުމުގައި ހިލިފައިވާ ހިތާމަވެރި މައްސަލައަކާއި ގުޅިގެން އިންސާފު ހޯދުމަށް ގޮވާލާ ޒުވާނުން ކުރާ ސުލްހަވެރި އިހުތިޖާޖު ރޫރާޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ވަނީކޮށްފައެވެ. 

މައްސަލަ ބޮޑުނުކުރުމަށް ސާފުކޮށް ގޮވާލާފައިވަނިކޮށް ސަރުކާރުން އޭގެ ޖަވާބުދީފައި މިވަނީ އަނިޔާވެރިކޮށް އިހުތިޖާޖުގެ ބައިވެރިން ހައްރުކުރުމަކުން ކަމަށް ޝާހިދު ވިދާޅުވެއެވެ.

ހައްދުފަހަނައަޅާ ބާރުގެ ބޭނުން ފުލުހުން ކުރާކަމުގެ ރިޕޯޓުތަކަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ސުލްޙަވެރި އަޑުތައް މަނާކުރުމަކުން އަމާންކަމެއް ނުގެނެވޭނެކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ. އެކަމުން އިތުރުވާނީ އިތުބާރު ގެއްލުމާއި ހަމަޖެހުން ނެތުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ދުލެއްނުކުރާނަން" ޝިއާރުގެ ދަށުން ސުލްހަވެރި ކަމާއެކު ޒުވާނުން އިހުތިޖާޖު ކުރާތާ އަށްދުވަސް ވަނީވެފައެވެ.