އުތުރުތިލަފަޅުން ގޯތިދިނުން އަވަސްކުރަން މޭޔަރ ގޮވާލައްވައިފި
ދަފްތަރުގައާއި ކުދި ފްލެޓް ތަގުގައި ތިބި ރައްޔިތުންނަށް ގޯތިދޭން ނިންމާފަވާ އުތުރުތިލަފަޅުން އެ ބޭފުޅުންނަށް ގޯތިދިނުން އަވަސް ކުރެއްވުމަށް މާލޭ މޭޔަރ ސަރުކާރަށް ގޮވާލައްވައިފިއެވެ.
އިޖްތިމާއީ މައްސަލަތަށް މިހާބޮޑުވެފަވަނީ ރަގަޅު ބޯހިޔާވަހިކަމެއް ނުލިބި ދަތިހާލުގަ އުޅެންދެހިފަ އޮތުންކަންނޭގޭ އެކަކުވެސް ނެތްކަމަށް މޭޔަރ އާޒިމް ވިދާޅުވެއެވެ. އެހެންނަމަވެސް " ފަރުވާކުޑަ ނާގާބިލް ސަރުކާރަކުން ދަނީ ގޯތި އަދި ފްލެޓް ދިނުން ލަސްކޮއް ރައްޔިތުންނަށް އަނިޔާވިރި ވަމުން" ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުން ދީފަވާ ގޯތަކާއި ފްލެޓްތައް އެ ދިންތާކުން ދިން ވަރަކައް ދޭންޖެހޭނެ ކަމަށްވެސް މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުން ދީފަވާ ގޯތަކާއި ފްލެޓްތައް އެ ދިންތާކުން ދިން ވަރަކައް ދޭންޖެހޭނެ ކަމަށް ވިދާޅުވަމުން މޭޔަރ އާޒިމް ވިދާޅުވީ އެތަންތަން ނުވެސް އަތުލެވޭނެ ކަމަށެވެ.
މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމް މި މޭރުމުން އިލްތިމާސް ކުރެއްވީ އެމްޑީޕީ ސަރުކާރުން މާލެ ސަރަހައްދުން ދީފައިވާ ގޯތިތަކާއި ފްލެޓްތައް ހަވާލުކުރުމަށް ގޮވާލާ ރޭގައި މާލޭގައި ބޭއްވި އެއްވުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ދަފްތަރުގައާއި ކުދި ފްލެޓް ތަގުގައި ތިބި މާލޭ މީހުންނާއި މާލޭގައި ގިނަ ދުވަސް ތަކެއް ވަންދެން ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނަށް ހިޔާވަހިކަން ހޯދާދިނުމަށް ގޯއްޗާއި ފްލެޓް ލިބި ދިނުމަށް ރައީސް ސޯލިހު ސަރުކާރުން އުތުރުތިލަފަޅުން ހުޅުވާލި ދެވަނަ ފިޔަވަހީގެ ފުރުސަތަށް އެދި ގިނަ ބަޔަކު ސަރުކާރަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ރައީސް މުއިއްޒު ސަރުކާރުން އުތުރުތިލަފަޅުން ބޯހިޔާވަހިކަން ދިނުމާގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރެއެވެ. އުތުރުތިލަފަޅުން ގޯއްޗާއި ފްލެޓް ހޯދަން އެދުނު މީހުންގެ އިހުސާސްތަކުގައި މުއިއްޒު ސަރުކާރުން ކޮޅުފައިން ޖަހާފައި ވާކަމަށް ގިނަ ބަޔަކު ދެކެއެވެ.