ކޮންމެ މީހަކަށްވެސް އިންސާފުވެރި ޝަރީއަތަކާއި މިނިވަންކަން ހައްގު: މޭޔަރ އާޒިމް

އަދުލުވެރިކަމުން ބޭރުން ޖަލަށްލެވިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމް ގޮވާލައިވައިފިއެވެ.
އާދަމް އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދުލުވެރިކަމުން ބޭރުން ޖަލަށްލެވިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އަޒިމްމެންނާ ގުޅިވަޑައިގަތުމަށެވެ.
ކޮންމެ މީހަކަށްވެސް ހައްގުވަނީ އިންސާފުވެރި ޝަރީޢަތަކާއި މިނިވަންކަން ކަމަށް ވެސް އާޒިމް ވިދާޅުވެއެވެ.
މާލޭ މޭޔަރ ވިދާޅުވަނީ "އިންސާނީ ހައްގުތައް ދިފާއުކުރުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރާމަސައްކަތުގައި އަޅުގަނޑުމެން އެކުގައި ( އެމްޑީޕީއާއި އެކުގައި) ތެދުވަމާ ހިނގާށެވެ.
އޮކްޓޯބަރ 3 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ހަރަކާތްތެރި ވަމުން ދަނިކޮށް އިންސާފުން ބޭރުން ހައްޔަރުކޮށް ބަންދުގައި ބައިތިއްބާފައި ތިބި އެމްޑީޕީގެ 6 މެންބަރުން މިނިވަންކުރުމަށް ސިލްސިލާ ހަރަކާތްތަކެއް އެމްޑީޕީން ވަނީ ފަށާފައެވެ. ގާނޫނު އަސާސީއާއި ހިލާފަށް ސަރުކާރުން ހައްޔަރު ކޮށްގެންގެން އުޅޭ 6 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުންނާއި މާފުށީ ކައުންސިލްގެ ރައީސް ހިމެނި ވަޑައިގަންނަވައެވެ.