ރައީސް ޔާމީނަށް ފަހު ފުރުސަތު ގެއްލިއްޖެ
ރައީސް ޔާމީނު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އޮތް އެންމެ ފަހު ފުރުސަތު ގެއްލިއްޖެއެވެ. ޕީޕީއެމް-ޕީއެންސީ ގެ ރިޔާސީކެންޑިޑޭޓް ރައީސް ޔާމީނު ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގެ ފުލްބެންޗްގެ އިއްތިފާގުން ދެންމެ ނިންމައިފިއެވެ.
ރައިސް ޔާމީނު ސްޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ފައިސަލާ ކުރެއްވާ ސްޕްރިމްކޯޓުން ނިންމި ނިންމުމުގައި ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ގާނޫނު އަސާސީއާއި ގާނޫނުތަކަށާއި ސްޕްރީމްކޯޓުގެ ނިންމުންތަކަށް ސާފުކޮށް ރިއާޔަތް ކުރައްވާ ކޯޓެއްގެ ހުކުމަކީ މަތީ ކޯޓަކުން ބަދަލު ނުކުރަހާ ހިނދަކު ދެމިއޮތް އެއްޗެއްކަން ބަޔާންކުރައްވަފައިވެއެވެ.
އިތުރު ތަފްސީލްތައް ކުރިއަށް އޮތް ގަޑިތަކުގައި ގެނެސް ދެވޭނެއެވެ.