ސްޓެލްކޯއިން ތޮއްޑޫ ފުޓްސަލްދަނޑު މަރާމާތު ކޮށްދިނުން
ތޮއްޑު ކައުންސިލަށް އެހީތެރިވުން
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނީގެ އިހުތިސާސްގެ ދަށުގައިވާ ރަށްރަސުގައި ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ސްޓެލްކޯއިން ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން އއ. ތޮއްޑޫގެ ފުޓުސަލް ދަނޑުގެ ފެންސް ހަލާކުވެފައި ހުރުމާއި ގުޅިގެން ތޮއްޑޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ އެރަށުގެ ފުޓްސަލް ދަނޑުގެ ފެންސްގެ ދަނގަޑުތަކާއި، އެތާނގެ ވެލްޑިންގެ މަސައްކަތްކޮށް ކުރަންހުރި ހުރިހާ މަސައްކަތެއް ނިންމާ ފެންސް އަލުން މަރާމާތުކޮށްދީފައެވެ.
ސްޓެލްކޯއިން ތޮއްޑޫ ފިޓްސަލް ދަނޑުގެ މަރަމާތުގެ މަސައްކަތް ކޮށްދީފައިވަނީ ތޮއްޑޫ ކައުންސިލްގެ އެދުމުގެ މަތިންނެވެ.