ހެޔޮވެރިކަން: ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން

22.1 މިލިއަން ރުފިޔާ ދަރަވަންދޫ ހިމާޔަތްކުރަން ސަރުކާރުން ހޭދަކުރޭ

ހެޔޮވެރިކަން: ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން

ރައީސް ސާލިހު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ ރަށް ގިރުމުގެ މައްސަލަތައް ދިމާވެފައިވާ ރަށްތައް ހިމާޔަތް ކުރެއްވުމެވެ. ބ. ދަރަވަންދޫއަކީ ޒަމާނުއްސުރެ ރަށްގިރުމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ރަށެކެވެ. 22.1 މިލިއަން ރުފިޔާ ހޭދަކޮށްގެން ދަރަވަންދޫ ހިމާޔަތްކުރަން ސަރުކާރުން ނިންމީ އެހެން ވެގެނެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތުގެ 77 އިންސިއްތަ މިހާރުވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ދަރަވަންދޫ ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ދެންހުރި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލިން ގޮނޑުދޮށަށް މުއްސަދި ކުރާނެއެވެ. 490 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.