އެސްޓީއޯއިން ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކޮއްފި!

އެސްޓީއޯއިން ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކޮއްފި!

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ސަޢީދު، އެމަނިކުފާނުގެ ޓީމާއެކު، ހދ. ނޮޅިވަރަންފަރު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެސްޓީއޯގެ ހެޑްއޮފީހުގައެވެ.

މިބައްދަލުވުމުގައި އަބްދުالله ސައީދާއި އޭނާގެ ޓީމުން ވަނީ އެސްޓީއޯއިން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ ކުރިއެރުވުމަށް އެކި ގޮތްގޮތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލާފައިއެވެ. އަދި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހަރުދަނާ ކުރުމަށާއި، ވަޒީފާތައް އުފެއްދުމަށް ބާރުއެޅުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާކަން ފާހަގަކޮށްފައިވެއެވެ.

ވިޔަފާރީގެ ދާއިރާއާއި މާކެޓިން އަދި ޑިސްޓްރިބިއުޝަންގެ ދާއިރާއިން އެސްޓީއޯއަށް ލިބިފައިވާ ފުޅާ ތަޖުރިބާގެ ސަބަބުން ހދ.ނޮޅިވަރަންފަރާއި އެރަށުގެ ރައްޔިތުންގެ ކުރިއެރުމަށް އެ ކުންފުނީގެ ވަސީލަތްތަކާއި ތަޖުރިބާގެ ބޭނުން ކުރުމުގެ ފުރުޞަތު އެސްޓީއޯއިން ވަނީ ހުޅުވާލާފައެވެ.

މި ބައްދަލުވުމަކީ ރަށުގެ ތަރައްގީއާއި ކުރިއެރުމަށް އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނެގަތުމުގެ މައިގަނޑު މަގުސަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.