ފެނަކައިގެ ކަމިޔާބީ: އިއްޔެވެސް އައު ތިން އިންޖީނުގެ

ކޮނޑޭ، ރަތްމަންދޫ އަދި ފޮއްދޫ ބައު އިންޖީނުގެތައް ބަންދު

ފެނަކައިގެ ކަމިޔާބީ: އިއްޔެވެސް އައު ތިން އިންޖީނުގެ

ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެނެސް އެ ރަށަކަށް ބޭނުންވާ ކަރަންޓް ރައްކާތެރި ކަމާއެކު އެރަށެއްގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ފެނަކަ ޓީމުގެ އަމާޒެވެ. އެ ކުންފުނިން ކެނޑިނޭޅި ކުރާމަސައްކަތުގެ ހެޔޮ ނަތީޖާ ރަށްރަށުގެ ރައްޔިތުންނަށް ހޯދާ ދިނުމުގައި އާބާދީގެ ކުޑަ ބޮޑު މިނަށް ނުބަލައެވެ.

ރައްޔިތުންނަށް އަސާސީ ހިދުމަތް ކަށަވަރުކޮށް އަމާން ޖަޒީރާ ދިރިއުޅުމަކަށް ރައީސް ސާލިހު ކުރައްވާ ހެޔޮވެރިކަމުގައި ކޮންމެ ދުވަހަކު އައު ކާމިޔާބީތަކެއް ހޯއްދާވާ ދެއްވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އިސްވެ ހުންނަވައިގެން ފެނަކައިން ގިނަގުނަ މަސައްކަތް ތަކެއް ކުރެއެވެ. ހަމަހަމަ ކަމާއި އެކު ޒަމާނީ ރައްކާތެރި އަމާން ވެއްޓެއްގެ ތެރޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮއް ދިނުމަކީ ފެނަކައިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.

އިންޖީނުގެ ތަކުން ރަށްރަށުގެ ރައްޔިތުންނަށް ވަމުން އަންނަ އުދަގޫތައް ފިލުވާލާ ރައްޔިތުން ހިތް ހަމަޖެހޭ ވެއްޓެއް ގާއިމު ކޮއްދީ އެކަށީގެންވާ ޒަމާނީ ހިދުމަތެއްގެ ގޮތުގައި ރަށް ރަށުގެ ކަރަންޓްގެ ހިދުމަތް ހެދުމަށް ކާމިޔާބު މަސައްކަތް ތަކެއް އަނެއްކާ ވެސް ކުރެވިގެން ހިގައްޖެއެވެ. އިތުރު ރަށްތަކެއްގައި މުޅީމް އައު އިންޖީނުގެ ތަކެއް ބިނާކޮށް ހިދުމަތްދޭން ފެނަކައިން ފަށައފިއެވެ.  

މ. ރަތްމަންދޫ އިންޖީނުގެ

ރަތްމަންދޫގައި ބޭނުންކުރަމުން އައި އިންޖީނުގެއަށް ވަނީ 24 އަހަރުވެ ބޭނުންނުކުރެވޭ ވަރަށް ވީރާނާވެ ބައުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި މި އިންޖީނުގޭގެ ސަބަބުން ފެން ތަގައްޔަރުވުމާއި އަޑުގަދަވުމާއި ޖައްވު ތަގައްޔަރުވުމާއި ގެނދަބުޅީގެ އުދަގޫ އިންޖޫގެއަށައި އާއްމު ރައްޔިތުންނަށް ބޮޑެވެ. ރަތްމަންދޫ ބައު އިންޖީނުގެ ބަންދުކޮށް އަޢްމު ރައްޔިތުންނަށް އުދަގޫ ނުވާ ހިސާބުގައި ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ އައު އިންޖީނުގެ 18 ޑިސެމްބަރ 2022 ގައި ހުޅުވާ ހިދުމަތް ދޭން ފެށި ފެށުމަކީ ފެނަކައިގެ ކާމިޔާތަކުން ފާހަގަ ކޮށްލެވޭ ކަމެކެވެ.

ނ. ފޮއްދޫ އިންޖީނުގެ

ފޮއްދޫގައި ބޭނުންކުރަމުން އައި އިންޖީނުގެއަށް ވަނީ 19 އަހަރުވެ ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެ ބައުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި މި އިންޖީނުގޭގެ ސަބަބުން ފެން ތަގައްޔަރުވުމާއި އަޑުގަދަވުމާއި ޖައްވު ތަގައްޔަރުވުމާއި ގެނދަބުޅީގެ އުދަގޫ އިންޖޫގެއަށައި އާއްމު ރައްޔިތުންނަށް ބޮޑެވެ. ފޮއްދޫ ބައު އިންޖީނުގެ ބަންދުކޮށް އަޢްމު ރައްޔިތުންނަށް އުދަގޫ ނުވާ ހިސާބުގައި ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ އައު އިންޖީނުގެ 18 ޑިސެމްބަރ 2022 ގައި ހުޅުވާ ހިދުމަތް ދޭން ފެށި ފެށުމަކީ ފެނަކައިގެ ކާމިޔާތަކުން ފާހަގަ ކޮށްލެވޭ ކަމެކެވެ.

ގއ. ކޮނޑޭ އިންޖީނުގެ

ކޮނޑޭގައި ބޭނުންކުރަމުން އައި އިންޖީނުގެއަށް ވަނީ 21 އަހަރުވެ ބޭނުންނުކުރެވޭ ވަރަށް ވީރާނާވެ ބައުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި މި އިންޖީނުގޭގެ ސަބަބުން ފެން ތަގައްޔަރުވުމާއި އަޑުގަދަވުމާއި ޖައްވު ތަގައްޔަރުވުމާއި ގެނދަބުޅީގެ އުދަގޫ އިންޖޫގެއަށައި އާއްމު ރައްޔިތުންނަށް ބޮޑެވެ. ކޮނޑޭ ބައު އިންޖީނުގެ ބަންދުކޮށް އަޢްމު ރައްޔިތުންނަށް އުދަގޫ ނުވާ ހިސާބުގައި ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ އައު އިންޖީނުގެ 18 ޑިސެމްބަރ 2022 ގައި ހުޅުވާ ހިދުމަތް ދޭން ފެށި ފެށުމަކީ ފެނަކައިގެ ކާމިޔާތަކުން ފާހަގަ ކޮށްލެވޭ ކަމެކެވެ.