ދަރަވަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުން
55.48 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް
55.48 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން
ބ. ދަރަވަންދޫ ގައި ތަރައްގީ ކުރާ ބަނދަރުގެއަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ. ދަރަވަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށީ 23 ޖުލައި 2023 ގައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ގެންދަނީ އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ.
މަޝްރޫއުގެ ދަށުން ދަރަވަންދޫ ފަޅުން ފުންކުރާނީ:-
- އައު ހާބަރ ބޭސިން 30,504 ކިއުބިކް މީޓަރުގެ ސަރަހައްދެއް
- ކުރިން ފުންކޮށްފައިވާ ފަޅު 1843 ކިއުބިކް މީޓަރުގެ ސަރަހައްދެއް އަލުން ފުން ކުރުން
- 4126 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުން
- 2301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އިތުރަށް ކުރެވޭނެ ކަންކަމަކީ:-
- 352 މީޓަރުގެ ބޭރުތޮށި ލުން
- 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 248 މީޓަރުގެ އެއްގަމުތޮށި ލުން
- 24 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުން
- 140 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
- 2104 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
- ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުން