އައްޑޫ މޮޔަހެއްދުމުން ތަށި މިލްކުކުރުމަށް އަންނި އައްޑޫގައި.
އަބަދަކު އެންމެނަކު މޮޔަ ހައްދައިގެން އެކަކަށް ވެސް ނޫޅެވޭނެ
ވީގޮތާ ވަމުންދާގޮތް ލޯކުރިމަތިން ފެނުނަސް ގަބޫލު ނުކޮށް ގަދަދައްކާ މޮޅުބަސްބުނެ އަނގައިން ދެރަނުވެ ތެޅެފޮޅެވިދާނެއެވެ. އެހެނެއް ކަމަކު އާޚިރުގައި ދާނީ ހުޅުނބެވެ. މުއްގަނޑަށް ވަދެ ވާނީ ހުހެވެ.
ޑރ. މުނައްވަރާއި ޑރ ޑީޑީ އާއި އަލްހާނު ފަހުމީއާއި އައްޑޫ އަސްލަމަކީ އެމްޑީޕީގައި ގަދަކޮށް ތިބި އެމްޑީޕީ މީހުންނެވެ. ފަހަރަކު ވަކެއް ވައްޓަމުން ގޮސް އެމްޑީޕީގައި ހުރި އައްޑޫގެ އެންމެ ފަހު ފުލުވައް ކަމަށްވާ މެމްބަރު އަސްލަމް ވައްޓާލީ އަންނިއެވެ. ފުލުވައް ވެއްޓުނީމާ ރޫޅޭ ގޮތަށް އައްޑޫއިން އަންނި ރޫޅި ފުނޑުވީ އެސަބަބާ ހެދިއެވެ.
މޮޅުވާހަކަ ތަކުން ބަޔަކު ހެއްލޭނީ ވަކި ވަރަކަށެވެ. އަބަދަކު އެންމެނަކު މޮޔަ ހައްދައިގެން އެކަކަށް ވެސް ނޫޅެވޭނެއެވެ. އަންނި ބުނިއްޔާ ބުނިހާ ކަމެއްކޮށް ކަނާތުން ޖަހާ ވާތް ބުރިކޮށްގެން ވެސް އައްޑޫ މީހުން ތިއްބެވެ. މެގަޗިޕް މީހެއްގެ އަތުގައި ހިފައިގެން އައްޑޫއަށް ގޮސް މިއީ އައްޑޫ މީހެކޭ ބުނެ އައްޑޫ އިން އިބޫއަށް ލިބޭ ވޯޓް މަދުކުރަން އަންނި އަރާ އެ އުޅެނީ އައްޑޫގައެވެ.
ދިވެހިން ކިޔާ ގޮތުގައި ރާއްޖޭގައި ތިބި އެންމެ ތަންދޮރު ދަންނަ ހޭޖެހޭ ތަހުޒީބު މީހުން ގިނައީ އައްޑޫ ގައެވެ. މުނައްވަރާއި ޑީޑީއާއި އަލްހާނާއި އަސްލަމްގެ ކަންތަކާ މެދު ނުވިސްނާ ، މިފަހަރު އަންނިގެ މެގަޗިޕް ގައި އައްޑޫ މީހުން ޖެއްސިއްޖެ ނަމަ ، އައްޑޫ މޮޔަ ހެއްދުމުން މިފަހަރު އަންނިއަށް ތަށި މިލްކު ވާނެއެވެ.
އައްޑޫމީހުންނާ މެދު އަންނިގެ ހިތުގައި ކުޑަ ނަމަވެސް އަގަލެއް އޮތްނަމަ ދިވެހިރާއްޖޭގެ ގާނޫނު ހަދާ ބާރުގެ ވެރިޔަކަށް މިއަދުވެސް ހުރީހީ އައްޑޫ މީހެކެވެ. އެމްޑީޕީގެ 54 މެމްބަރުންނަށްވުރެ ގިނަ މެމްބަރުން ސޮއިކޮށް އަންނިގެ އިތުބާރު ނެތްކަމަށް ނިންމީމާ ގަދަބާރުން ރިޔާސަތު ދޫނުކޮށް އަންނި އެހުރީ އައްޑޫ އަސްލަމަށް ދިވެހިރާއްޖޭގެ 3 ބާރުން އެއްބާރުގެ ވެރިކަން ލިބުނަ ނުދޭށެވެ. އަންނި އެކަން ނުކުރާން ހުރި އެންމެ ބޮޑު ސަބަބަކީ އަސްލަމަކީ އައްޑޫ މީހަކަށް ވާތީއެވެ.
އެކަން އެހެން ކޮށްފާމެ އިބޫއަށް އައްޑޫން ލިބޭ ވޯޓް މަދު ކުރާނަމޭ ހިތާ ކުޑަކާފު ބޮޑުކާފުން 3 ހާސް ހަމަނުވާ މެގަޗިޕް މީހަކު ދައްކައިގެން އައްޑޫ މީހުންގެ ބޮލަށް ޗިޕް ޖަހާ ، އައްޑޫ މޮޔަ ހެއްދުމުން ތަށި މިލްކް ކުރަން އަންނިއަށް އައްޑޫއަށް އަރަން ކެރުނު ކަމެވެ. ޑރ މުނައްވަރު ކުރިމަތި ލައްވައިގެން ވެސް އަންނި ކުރަން ބޭނުން ކަމަކީ އައްޑޫއިން ރައީސް އިބޫއަށް ލިބޭ ވޯޓް މަދު ކުރުމެވެ.
ތަންކޮޅެއް ފުންކޮށް އައްޑޫ މީހުން ވިސްނަން ވެެއްޖެއެވެ. އަންނިއަކީ ފިސާރި މާލޭ މީހެކެވެ. އަންނިއަށް ވެގެން މާލެ ނޫން ހިންނަވަރު މީހެއް ނުވަތަ އައްޑޫ މީހަކަށް ބާރެެއް ލިބުނަކަ ނުދޭނެއެވެ.
އަންނިގެ މަޅީގައި އިތުރަށް އައްޑޫ މީހުން ޖެހިއްޖެ ނަމަ އައްޑޫ ވާނީ ރާއްޖޭގައި އެންމެ ގިނަ ކޮހުން އުޅޭ ސިޓީ އަށެވެ. މޮޅު ވާހަކަ ދައްކައިގެން މާޒީގައި އަންނި ވަނީ އައްޑޫއަށް ލައްކަ ފަހަރު ލަގާ ދީފައެވެ. މިއީ އައްޑޫ މީހުން މޮޔަހެެއްދުމުން އަންނި ތަށި މިލްކު ކުރާނަމޭ ހިތާ އުޅޭ ފަހަރެވެ. ބަލަން ތިބެމާ ބަހީއެވެ.