އިސްލާމްދީނަށް ގޮންޖަހާ ސަމޯއާ އެގްރިމަންޓްގައި ސޮއިކޮށްފި!

މުއިއްޒު ފައިސާއަށްޓަކާ އިސްލާމް ދީން ކޮމްޕްރަމައިޒް ކޮށްފި!

އިސްލާމްދީނަށް ގޮންޖަހާ ސަމޯއާ އެގްރިމަންޓްގައި ސޮއިކޮށްފި!

ސަމޯއާ އެގްރިމަންޓަކީ ޑިމޮކްރަސިއާއި ހިއުމަން ރައިޓްސްގެ ނަމުގައި އަންހެން ކުޅިއާއި ފިރިހެންކުޅިއާއި މަސްހުނި ޖިންސީގުޅުމައި ޖިންސް ބަދަލުކުރުން ހުއްދަ ކުރުމަށް އަމަޒު ހިފައިގެން ވެފައިވާ އެއްބަސްވުމެކެވެ. ކޮމަންވެލްތާއި އީޔޫގެ ތެރެއިން އެހީތެރިކަމަށް ބޭނުންޖެހިފައިވާ ގައުމުތައް ބަދެލުމަށް ވެވިފައިވާ އެއްބަސް ވުމެކެވެ. ސަމޯއާ އެއްބަސް ވުމުގެތެރެއިން އެހެން ފަސް ދައިރާ އަކުންވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

ސަމޯއާ އެއްބަސް ވުމަކީ އެއްޖިންސުން ގުޅުން ހިންގާ މީހުން މުޖުތަމައުން ބާކީ ކުރާކުރުން ނިމުމަކަށް ގެންނަން އުފަންކުރުވި ހަރަކާތެކެވެ. ޖިންސު ބަދަލު ކުރުމާއި ޖިންސީ އެދުންވެރިކަން ފުއްދުމުގައި އެމީހަކު އިހުތިޔާރުކުރާ ގޮތަކަށް އެދުންވެރިކަން ފުއްދުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށް ގަބޫލު ކުރުވުމަށް ވެވޭ އެއްބަސްވުމެކެވެ. 

ސަމޯއާ އެއްބަސްވުމުގެ އެންމެ ބޮޑު އެއް އަމަޒަކީ އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސް ބަދަލުކުރުމާއި މަސްހުނި ޖިންސީ ގުޅުންތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް އިންސާނީ ހައްގެއްގެ ގޮތުގައި މުޖުތަމައު ތަކުގައި ގަބޫލު ކުރުވުމެވެ. ހުތުރު ވެގެންވާ ޖިންސީ އެ އަމަލުތަކަކީ ކޮމަންވެލްތުގެ 32 ގައުމެއްގައި ޖިނައީ ކުށުގެ ގޮތުގައި ކަނޑައަޅަފައި އޮންނަ އޮތުން ބަދަލުކޮށްލުމަކީ ސަމޯއާ އެގްރިމަންޓްގެ ހަގީގަތެވެ. 

އިންސާނީ ހައްގުގެ ނަމުގައި ވަލުޖަނަވާރުންނަށް ވުރެ އިންސާނުން ދަށްކޮށްލުމަށް ރޭވިގެން ހިންގާ ސަމޯއާ އެގްރިމަންޓްގެ ހަރަކާތަކީ އިންސާނީ ހައްގުގެ ނަމުގައި ސިއްރުންނާއި ނުސީދާކޮށް ހިންގާ ހަރަކާތްތައް ފަދަ ހަރަކާތެއް ނޫނެވެ. ސަމޯއާ އެގްރިމަންޓްގެ ދަށުން އެލްޖީބީޓީކިޔު+ ހިންގަނީ ފާޅުގައެވެ. ލިޔެ ގަރާރު ކުރެވިގެންނެވެ.

ވަލު ޖަނަވާރު ވެސް އެއް ޖިންސުން ގުޅުމެއް ނުހިންގައެވެ. އެކަމަކު މާތް ކުރެއްވި އިންސާނުން އެ ދަރަޖައަށް ވައްޓާލަން ފާޅުގައި ބަޔަކު އެބަ މަސައްކަތްކުރެއެވެ. ޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ވެއްޓިފައިފާ އިންސާނުންގެ މުޑުދާރު އަމަލަކީ ރައްކާތެރިކަން ލިބިދެވޭ އިންސާނީ ހައްގަކަށް ހެދުމަށް މަސައްކަތް ކުރެވޭ ހަރަކާތަކާ ބައިވެރިވަނީ ވަރަށް ގޮތެއް ފޮތެއް ނެތް ބައެކެވެ.  

ދުނިޔޭގެ ފަގީރު ގައުމުތަކަށް އަމާޒުކޮށްގެން އިގިރޭސީން އިސްވެ އޮވެ އެކުލަވާލި ސަމޯއާ އެގްރިމަންޓް ބަލައިގަނެ ސޮއި ކޮށްފައިވަނީ 79 ގައުމަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ކެރިބީއަންގެ 16 ގައުމާއި ޕެސެފިކްގެ 15 ގައުމާއި އެފްރިކާގެ 47 ގައުމާއި ދިވެހިރާއްޖެއެވެ. ދިވެހިރާއްޖެ ނޫނީ އޭސިޔާގެ އެއްވެސް ގައުމެއް ސަމޯއާ އެގްރިމަންޓް ގަބޫލު ކޮށްފައެއް ނެތެވެ. އަނެއް ކޮޅުން އުރައްޕަތެއް ހުރި އިސްލާމީ ގައުމަކުންވެސް ގަބޫލޫކުރާ ބަލައިގަންނަ އެގްރިމަންޓަކަށް ސަމޯއާ އެގްރިމަންޓް ނުވެއެވެ.  

އެލްޖީބީޓީކިއު އަކީ ރީތި މޮޅުކަމެއް ކަމަށް ދައްކަން ވަކާލަތުކޮށް ހަރަދުކުރާ ބަޔަކު ދިވެހި ރާއްޖެން ބަލައިގަނެ ގަބޫލުކޮށް އެ ޖަމާއަތުގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އިސްލާމް ދީނަށް ނަސްރުދޭ މާ ދީނީ ބަޔަކަށް ވެގެން ވެރިކަން ހޯދުމަށް ފަހު އިސްލާމީ ދައުލަތަކުން ދުވަހަކުވެސް ނުކުރާވަރުގެ މުޑުދާރު ކަމެއް މުއިއްޒު ސަރުކާރުން މިއަދު އެކޮށްލީއެވެ. އިސްލާމީ ދިވެހި އުންމަތަށް ހުތުރެވެ.

އިސްލާމީ އުންމަތުގެ މޫނުމަތީގައި މިއަދު މުއިއްޒު ރާއްޖޭގެ ނަމުގައި އެއަޅާލީ ނުރައްކާތެރި ތަފާލެކެވެ. ފައިސާ ހޯދުމުގެ އެދުންވެރިކަން ބޮޑުވެ ލަދީނީ ސިއްކަ އަމިއްލަ ނިއްކުރީގައި މުއިއްޒު ޖަހައިގެން ނިންމާލީއެއް ނޫނެވެ. މުއިއްޒު ފައިސާއަށްޓަކާ އިސްލާމް ދީން ކޮމްޕްރަމައިޒް ކޮށްލީއެވެ.