ވާނުވާނޭނގި ބުޅާމަދުވުން ޝައިތާނާއަށް އަޅުކަންކުރުމާ ގުޅުމެއްވޭތަ!

ވާނުވާނޭނގި ބުޅާމަދުވުން ޝައިތާނާއަށް އަޅުކަންކުރުމާ ގުޅުމެއްވޭތަ!

ޝައިތާނާއަށް އަޅުކަންކުރުން ވަރަށް ބާރަށް ދުނިޔޭގައި ފެތުރެމުން އެބަ ދެއެވެ. ތުރުކީ ފަދަ ގައުމުތަކުގައި ސައިތާނީ ވިސްނުން ފެތުރުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި، ކޮމްޕިއުޓަރާއި އިންޓަރނެޓް އެންމެ އިސް ދައުރެއް އަދާކުރެއެވެ. ސައިތާނީ ވިސްނުމަށް ޝައުޤުވެރިވާ ޒުވާނުންގެ ތެރޭގައި ގިނައީ ހައި ސްކޫލް ދަރިވަރުންކަން ފާހަގަކުރެވެއެވެ. ނިޔަތުގައި ޒުވާނުން ސައިތާނީ ވިސްނުމަށް ޝައުޤުވެރިކުރުވުމަށް ގަސްދުގައި މަސައްކަތްކުރާ މީހުން ވެސް މަދެއް ނޫނެވެ. 

ސެޓަނިޒަމް ނުވަތަ ޝައިތާނާއަށް އަޅުކަންކުރުން ދުނިޔޭގައި މުހިންމު މައިގަޑުނަމަކަށް އުޅުނު ދުވަސްވަރު ބައެއް ޓީވީ ޗެނަލްތަކުން ސެޓަނިކް އަޅުކަންތައް ދައްކާފައިވެއެވެ. އެގޮތުން ސެޓަނިކް އަޅުކަމުގައި ބުޅާ ގުރުބާންކޮށް، އޭގެ މަސް ކަވާބުކޮށް، ލޭ ބޯކަން އެދުވަސްވަރު އެނގިގެން ދިޔައެވެ. 

އެހިސާބުން އެމީހުން ބުޅާ ގުރުބާންކުރަނީ ކީއްވެތޯ ސުވާލު އުފައްދަންފެށިއެވެ. ސެޓަނިސްޓުން ގުރުބާން ކުރަނީ ހަމައެކަނި ބުޅާ ނޫންކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެނިހެން ޖަނަވާރުތައް ވެސްއެ މީހުން ގުރުބާން ކުރެއެވެ.

ލޭ އޮހޮރުވުމަކީ ސެޓަނިކް އަޅުކަންތަކުގެ އަސާސެކެވެ. ސެޓަނިސްޓުން ބުޅަލަށް އިސްކަންދެނީ އެތައް ސަބަބަކާ ހުރެއެވެ. ބައެއް މީހުން ދެކޭގޮތުގައި ބުޅަލަކީ ވަފާތެރި ނޫން ޖަނަވާރެވެ. އަނެއްބައި މީހުން ބޮޅާ ޝައިތާނާއާ އެއްފަދަ ކުރެއެވެ.

ސެޓަނިސްޓުންގެ އެންމެ ފަހުގެ އަމާޒަކީ ޝައިތާނާ ހަލާކުކޮށް، ދުނިޔޭގެ ވެރިކަމުގެ ބާރު އަތުލުންކަމަށްވާތީ، ބުޅާ ގުރުބާން ކުރުމުން އެކަން ރަމްޒީގޮތުން ހާސިލްވާކަމަށް އެމީހުން ދެކެއެވެ. ބުޅަލަކީ ނުބައިކަން ތަމްސީލުކުރާ ޖަނަވާރުތަކުގެ ތެރެއިން އެއް ޖަނަވާރުކަމަށްވެސް އެ މީހުން ގަބޫލު ކުރެވެއެވެ.

ބޮޅަލަކީ އެހެން ޖަނަވާރުތަކަށްވުރެ ފަސޭހައިން ހޯދައި ހިފޭ އެއްޗެކެވެ. އެހެން ނަމަވެސް ގުރުބާން ކުރަން ބުޅާ ހިޔާރުކުރުމުގެ ފަހަތުގައި މާ ނުބައި އެހެން ސަބަބުތަކެއް ވެއެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެންމެ ފުރަތަމަ ކަމަކީ، ބުޅަލަކީ މީހުން ލޯބިވާ އެއްޗަކަށް ވުމެވެ. ލޯބިން ގޭގައި ގެންގުޅެވޭ ޖަނަވާރެއްކަމުގައި ބުޅާ ވާތީ ބުޅާ ގުރުބާން ކުރަންޖެހޭ ކަމަށް އެމީހުން ދެކެއެވެ. މީހުން ލޯބިވާ އަދި އަގުހުރި ކޮންމެ އެއްޗެއް ހަލާކު ކުރުމަކީ ސެޓަނިޒަމްގެ އެއް އުސުލެވެ.

ސެޓަނިޒަމްގައި ބުޅާ ގުރުބާން ކުރެވޭ އެންމެ މުހިންމު އަނެއް ސަބަބަކީ މުސްލިމުން ގުރުބާން ކުރަނީ ބަކަރި އަދި ގެރި ފަދަ ހަލާލު ޖަނަވާރަށް ވުމެވެ. ސެޓަނިސްޓުން ގުރުބާން ކުރުމުގައި އިސްކަންދެނީ ހަރާމް ޖަނަވާރުތަކަށެވެ. އެހެން އެކަންކުރުމުގެ މައިގަނޑު ސަބަބަކީ ސެޓަނިޒަމްގެ މަގުސަދަކީ އިދިކޮޅު ތަމްސީލުކުރުމާއި، އެހެން މީހުންނާ އެއްގޮތް ނުވުމާއި، ދީންތަކުން މަނާކުރާ ކޮންމެ ކަމެއް ކުރުމެވެ.

ސެޓެނިސްޓުން ގުރުބާންކުރާ ޖަނަވާރުގެ ބޮޅުގެ ލޭ ބޯނީ އެއިން އަބަދީ ދިރިހުރުމުގެ އިހުސާސް ލިބޭނެކަމަށް ދެކިގެންނެވެ. ލޭ ބުއިމުގެ އަނެއް ބޭނުމަކީ ޝައިތާނާއަކީ ލޭ ބޯ އެއްޗެއްކަމަށް ބެލެވޭތީއެވެ. އެހެން ކަމުން މިދުވަސްވަރު ވާނުވާ ނޭނގި ރާއްޖޭން ބުޅާ މަދުވުމާއި ޝައިތާނާއަށް އަޅުކަން ކުރުމާ އެއްވެސް ގުޅުމެއް އޮތްތޯ ކަށަވަރުކޮށް ފިޔަވަޅު އަޅަންޖެހެއެވެ. ނޫނީ މާ ލަސްވެދާނެއެވެ.