ކުރީގެ ފަސްޓްލޭޑީ އަކީ އަންހެނެއް ނޫން!؟

މިޝޭލް އޮބާމާއަށް އަމާޒުވި އެންމެ ވަރުގަދަ ސިޔާސީ ހަމަލަ!

ކުރީގެ ފަސްޓްލޭޑީ އަކީ އަންހެނެއް ނޫން!؟

އެމެރިކާގެ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓިކް ޕާޓީން ނެރޭނެ ކެންޑިޑޭޓަކް ނިންމުމުގައި އުދަގޫ ކަމަކަށްވީ މަގާމުގައި ހުންނެވި ޖޯ ބައިޑިންގގެ މަގުބޫލުކަން އިންތިހާ ދަރަޖައަށް ދަށްކަމަށް ޕޯލްތަކުން ދެއްކުމެވެ. އެހެން ކަމުން ޑިމޮކްރެޓިކް ޕާޓީގެ ޗޮއިސަކަށް ބެލެވުނީ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާއެވެ. އެހިސާބުން އެކިފާޑުގެ ފާޑުކިޔުންތަކާއި ސިޔާސީ ހަމަލާތައް މިޝޭލް އޮބާމާއަށް ރައްދުވާންފެށިއެވެ. 

މިޗޭލް އޮބާމާއާއި ދެކޮޅަށް އެންމެ ބޮޑަށް ގަދަވެގެން ދިޔައަޑަކީ ރައީސް ބަރަކް އޮބާމާގެ އަނބިކަބަލުން މިޝޭލް އޮބާމާއަކީ އަންހެނެއް ނޫންކަމުގެ ތުހުމަތުތަކެއްގެ އަޑެވެ. އެމެރިކާގެ ތެރޭގައި އެތުހުމަތު ވައިގައިހިފާ ގަދަވިއެވެ. ފަސްޓްލޭޑީ މިޝޭލް އޮބާމާއަކީ އަންހެނެއް ނޫންކަން މީހުނަށް ކަށަވަރުކޮށް ދިނީ މިޝޭލް އޮބާމާގެ ކުރީގެ ލޯބިވެރިޔާ ލޯބިވެރިޔާ ކަމަށްބުނާ ޑޭވިޑް އަޕްޗާޗްއެވެ. އޭނާ ބުނީ " އެ ކަނބުލޮއަކީ ހަގީގަތުގައި މައިކަލް ރޮބިންސަން ނަމަކަށް ކިޔާ ފިރިހެނެއް" ކަމަށެވެ. "މައިކަލް"، "މިޝޭލް" އަށް ވެގެން ދިޔައީ ބަރަކް އޮބާމާއާ ބައްދަލުވެ ފަސްޓް ލޭޑީއަށް ވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ޑޭވިޑް އަޕްޗާޗްގެ މިވާހަކައަކީ ހަގީގަތެއްތޯ ބަލަން ފެކްޓްޗެކް ހަދާފައިވަނީ ދަ ޕީޕަލްސް ވޮއިސް ކޮމިއުނިޓީންނެވެ. ދަ ޕީޕަލްސް ވޮއިސް ކޮމިއުނިޓީއަކީ ފެކްޓް ޗެކްކުރުމުގެ މަސައްކަތް ކުރާ ޖަމާއަތެކެވެ. 

ހައި ސްކޫލް ދައުރުގައި މިޝެލް އޮބާމާއާ ރައްޓެހިވިކަމަށް ބުނާ އަޕްޗާޗް ބުނި ގޮތުގައި ބަރަކް އޮބާމާ އަކީ "ކުރީގެ މައިކަލް" ފަދަ ހުނަރުވެރި އަދި ބޭނުން ގޮތަކަށް ބަދަލުވުމުގެ ކުޅަދާނަކަން ހުރި ބައިވެރިއަކު ލިބިފައިވާ "ނަސީބުވެރި މީހެއް" ކަމަށެވެ. މިޝޭލް އޮބާމާގެ ކުރީގެ ލޯބިވެރިޔާ ހާމަކުރި ވާހަކައަކީ މިޝޭލް އޮބާމާގެ ސިޔާސީ އުއްމީދުތަކަށް އެރި އެންމެ ވަރުގަދަ އުންޑައެވެ.

ޑިމޮކްރެޓުން މިޝެލް އޮބާމާއަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ފިޔަވަޅު އަޅަށް ކެތްމަދުވި ނަމަވެސް ތިލަވަމުން އައި އެކިކަހަލަ ހެކިތަކުން ކުރީގެ ފަސްޓް ލޭޑީއަކީ ދޮގުވެރިއެއްގެ ގޮތުގައި އުޅެމުން އަންނަތާ ދިހަވަރަކަށް އަހަރު ވެފައިވާ ފިރިހެނެއްކަން އައީ ސާބިތު ވަމުންނެވެ. އެގޮތުން 1994 އިން ފެށިގެން 2008 އަށް ފިރިހެނެއްގެ ގޮތުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާކަން އިލިނޮއިސް ސްޓޭޓް ބޯޑް އޮފް އިލެކްޝަންސްގެ ރަސްމީ ލިޔެކިޔުންތަކަކުން އެނގުނެވެ.

އިންތިހާބުގެ ރަސްމީ ބޯޑުގެ ލިޔެކިޔުންތައް އިލިނޮއިސް ސްޓޭޓުން ހޯދާފައިވަނީ ޑޮކިއުމެންޓްރީ އުފައްދާ ޖޯއެލް ގިލްބަޓްއެވެ. ގިލްބަޓް ބުނިގޮތުގައި މިޝެލް އޮބާމާގެ ފަހަތުގައިވާ ކަންތައްތައް ދެނެގަތުމަށް ސީރިއަސް ކޮށް އުޅެން ނިންމީ މެއިންސްޓްރީމް މީޑިއާތަކުން އެކަމާ އުޅެން ބިރުގަންނާތީއެވެ. ޓްރާންސްޖެންޑާގެ ތުހުމަތު ތަކާއެކު އިންތިހާބެއްގައި ވާދަކުރުމުގެ ވިސްނުން މިޝޭލް ދޫކޮށްލެއްވީއެވެ.