ޕައިލެޓް މަރުވެގެން ބޯޓެއް ޖައްސައިފި

ޖެއްސިއިރު ޕައިލެޓްގެ ފުރާނަ ހިނގައްޖެ

ޕައިލެޓް މަރުވެގެން ބޯޓެއް ޖައްސައިފި

ޓާކިޝް އެއާލައިންސްގެ ފްލައިޓެއް ނިއުޔޯކުގެ ޖޭއެފްކޭއަށް ކުއްލި ގޮތަކަށް ޖައްސައިފިއެވެ. ބޯޓް ކުއްލިގޮތަކަށް ޖެއްސީ ބޯޓު ދުއްވަމުން ދިޔަ ކެޕްޓަން ނިޔާވުމުން ކަމަށް އެއާލައިންގެ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

އުމުރުން 59 އަހަރުގައި ނިޔާވި ޕައިލެޓަކީ އިލްޗެހިން ޕެލިވާން އެވެ. އެއާރބަސް އޭ350-900 އިން ޑައިވަރޝަން ހެދީ އިސްތަންބޫލަށް ދަތުރުކުރަމުން ދަނިކޮށެވެ. 

"ފަސްޓް އެއިޑް ދިނުމަށް ކުރި ނާކާމިޔާބު މަސައްކަތަކަށް ފަހު ކުއްލި ގޮތަކަށް ޖެއްސުނުއިރު ކެޕްޓަން މަރުވެއްޖެއެވެ. 

ބޯޓް ޖެއްސީ އެހެން ޕައިލެޓަކާއި ކޯ ޕައިލެޓާއި ފްލައިޓް ކްރޫއިން ކުއްލި ގޮތަކަށް ލޭންޑިން ކުރަން ނިންމައިގެންނެވެ.