11 އަހަރު ކުއްޖަކަށް ފުލުސް އޮފިސަރަކު ބަޑިން ހަމަލާދީފި
 
                                އެހީތެރިކަމަށް އެދި 911 އަށް ގުޅުމުން އެހިތެރިވެދޭން އައި ޕޮލިސް އޮފިސަރު އެހީތެރިކަމަށް އެދުނު 11 އަހަރުގެ ކުއްޖާގެ ގަޔަށް ބަޑިޖަހައިފިއެވެ. މިހާދިސާ ހިގައިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މިސިސިޕީގެ އިންޑިއަނޯލާގައެވެ.
މިހާދިސާ ހިގަން މެދުރިވިގޮތް ކިޔާދެމުން އުމުރުން 11 އަހަރުގެ އެޑްރިއަން މުރީގެ މަންމަ ނަކަލާ މުރީ ބުނެފައިވާނީ ހޮނިހިރު ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4 ޖެހިއިރު އޭނާގެ ދަރިންގެ ތެރެއިން އެއްކުއްޖެއްގެ ބައްޕަ ރުޅިއައިސްގެން އެގެއަށް އައުމުން އޭނާގެ ސަލާމަތާއި މެދު ކަންބޮޑުވެގެން ސަލާމަތަށް އެދި ޕޮލިހަށް ގުޅުމަށް އޭނާގެ ދަރިފުޅު އެޑެރިއަން މުރީ ގާތުގައި ނަކަލާ އެދުނެވެ.
911 އަށް ގުޅުމުން ކޯލަށް ޖަވާބުދާރީވި އޮފިސަރު ބަޑިހިފައިގެން އެ ގެޔައްއައިސް ދޮރުކައިރީގައިހުރެ ގޭތެރޭގައި ތިބި މީހުން ބޭރަށް ނުކުތުމަށް އެދުނެވެ. އޭނަގެ ދަރިފުޅުގަޔަށް ބަޑިޖަހާފައި ވަނީ އޮފިސަރު ގެއިން ނުކުތުމަށް ކުރި އަމުރަށް ތަބާވީ ފަހުންނެވެ.
މުރީ ބުނި ގޮތުގައި އަޑެރިއަން ގަޔަށް ބަޑިޖެހުމުން އޭނާ ސުވާލު ކުރަމުން ދިޔައީ "އަހަރެން ގަޔަށް ބަޑިޖަހާލީ ކީއްވެގެން ތަ؟ ކޮންކަމެއް ގޯސްވީ؟" މިހެންނެވެ.
މުރީގެ އާއިލީ ވަކީލު ވިދާޅުވެފައިވަނީ ބަޑިޖެހުމުގެ ހާދިސާ ފެންނަން އޮންނަ ބޮޑީ ކެމެރާ ފޫޓޭޖް ހޯދުމަށް ފެޑެރަލް ދައުވާއެއް ހުށަހަޅަން ރާވާފައިވާ ކަމަށެވެ. އަދި އެ އޮފިސަރުގެ މައްޗަށް ޖިނާއީ ދައުވާއ އުފުލާނެ ކަމަށްވެއެވެ.
 
                         
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
    
             
    
             
    
             
    
             
    
             
    
             
    
                                        
                                     
    
 
    
 
    
 
    
 
    
 
    
 
    
