ބެލްކަންޏާއި ދޮންއަމާ ޖަޒުބާތުގައި މުއިއްޒާއި ނާޒިމް

ބެލްކަންޏާއި ދޮންއަމާ ޖަޒުބާތުގައި މުއިއްޒާއި ނާޒިމް

ރާއްޖޭގެ ނަންހިގާ ނޫހެއް ކަމުގައިވާ އަދަދު ނޫހުން " ޖީ ސަކީލާން" ގެ ނަމުގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއން ވީޑިއޯ ރިޕޯޓެއް ނެރުނެވެ. ދޮންއަމާގެ ނަމުން މަޝްހޫރުވި އެރިޕޯޓަކީ ރައީސް މުއިއްޒަށް ހަޖަމްކުރެއްވުނު ރިޕޯޓަކަށް ނުވިއެވެ.

ދޮންއަމާ އަށް ނޫސްވެރިކަމުގެ އެވޯޑެއް ލިބުން ވެގެން ދިޔައީ ވަކީން ބޮޑަށް ރައީސަށް އެރިޕޯޓް ހަޖަމު ނުވިކަމަކަށެވެ. އެންމެ ފަހުން ކެތް ނުކުރެއްވިގެން އޭސީސީ ވެސް މީޑިއާ ކައުންސިލަށް ވައްދާ އެތަނުން ދިން ނޫސްވެރިކަމުގެ އެވޯޑަކީ ކޮރަޕްޝަނުގެ ތެރެއިން ހިނގި ކަމަކަށް ހަދަން ފޫގެޅިގެޅުން ޕްރެޝަރ ބޮޑުވެގެން ދިޔައީ ތޮޅިއަށެވެ. 

އެހެން އެކަން އޮއްވާ ބެލްކަނިން ވެއްޓި ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެ އެ މަރާގުޅިގެން ތަފާތު ގޮތްގޮތަށް ތުހުމަތު ކުރެވުނެވެ. ސިޔާސީ ނުފޫޒުން އެ ކުއްޖާގެ މަރުގެ ހަގީގަތް އޮޅުވާލަން މުއިއްޒު ސަރުކާރުން އުޅޭކަމަށް ގަބޫލުކުރެވޭ އެތައް ކަމެއް ހިނގިއެވެ.

އެންމެ ފަހުން ޗެނަލް 13 އިން "ބެލްކަނި" ނަމުގައި ތަހުގިގީ ނޫސްވެރިކަމުގެ ތެރެއިން ވަރުގަދަ ރިޕޯޓެއް ނެރުނެވެ. ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމަށް އެރިޕޯޓް ހަޖަމް ކުރެއްވުނު ކަމަކަށް ނުވިއެވެ. ހާއްސަކޮށް ޗެނަލް 13 އިން އެ ރިޕޯޓް ނެރުމަކީ ނާޒިމަށް ޔާމީނު ދެއްވި ސިޔާސީ ހަމަލާއެއް ކަމަށް ގަބޫލުކުރެއްވުނީތާއެވެ. 

ޗެނަލް 13އަކީ ރައީސް ޔާމީނުގެ މަސްލަހަތަށް މަސައްކަތް ކުރާ މީޑިއާއެއް ކަމުން ނަމިރާ ނާޒިމަކަށްެެ އެކަމެއް ހަޖަމެއް ނުވިއެވެ. ދެ މިތުރުންގެ ގޮތުގައި އުޅުނު ޔާމީނާއި ނާޒިމްގެ ގުޅުން ހަތުރުވެރިކަމަށް ބަދަލުވެ ބަދަލު ހިފުމުގެ ގުރުބާން ކަންބަޅިއަކަށް ހަދަން ނާޒިމު ދިމާކުރީ މުޅި ދިވެހި މީޑިއާ އޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.

ހަސަދައިގެ ހުޅުފަޅައިގެން ގޮސް ޗެނަލް 13 ހުއްޓުވާލުމަށް ނާޒިމް ދިމާކުރީ މަގާމުގެ ބޭނުންކޮށްގެން ގާނޫނަށް ބަދަލުގެނެސްގެން މީޑިއާތަކުގެ ވައިނޮޅި ބުރިކޮށްލައިގެންނެވެ. ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނުގެ މަސްލަހަތު އޮތް ކަމެއް މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން އޭނާއަށް ފަހިކޮށްދެމުން އޭގެ ބަދަލުގައި މީޑިއާ އޮޅުއަޅާ ބިލު ހަންނާނު ލައްވާ މަޖިލިހަށް ހުށަހަޅުވައިގެން އުޅެނީ ނަމިރާ ނާޒިމު ނޫން ދެވަނަ މީހެއް ނޫންކަމަށް އެކަން އެނގޭ މަސްދަރުތަކުން ބުނެއެވެ.

އަޑިނޭނގޭ އެތައް އަނދިރި ސައިޓްތަކަށް ހަރަދުކޮށް ގައުމު ފަސާދަކުރުމުގައި އެތައް ދުވަހަކު އުޅުނު މީހަކަށް ކުއްލިޔަކަށް އެހުރިހާ ކަމެއް ގޯސްވެ ނޫސްވެރިންނާ ނޫސްވެރިކަން ހިސޯރުކުރަން ދިމާކުރުމުގެ ފަހަތުގައި އޮތީ ދޮންއަމާ އާއި ބެލްކަނި ނޫން އެހެން އެއްޗެއް ނޫނެވެ.

ޖަޒްބާތުގައި ޖެހިފާހުރިވަރުން މަޖިލިހުގެ ނައިބު ރައީސް މައިނޯރިޓީ މެންބަރުންނާ ދެކޮޅަށް ތަޅުމުގައިދެއްކި ވާހަކައިންވެސް މުއިއްޒު ބޮލަށް ހުތްޖަހައިގެން މީޑިއާތައް އޮބި އަޅުވަން އުޅެނީ ކާކު ކީއްވެކަން އެނގޭނެއެވެ. މާބޮޑު މެޖޯރިޓީއެއްގެ މަތިގައި ތިބި ވާހަކަ ގޮވާލުމުން މީޑިއާ ނޭވާހޮޅިއަށް އަޅުވަން މުއިއްޒާ ގުޅިގެން އުޅެނީ ކާކުކަން ވަރަށް ސާފެވެ.