ޖަޕާން އެމްބެސެޑަރ އާއި ސްޓެލްކޯ އެމްޑީ މަޝްވަރާ ބައްދަލުވުން
ބައްދަލު ކުރެއްވީ ކަރަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ތަކޭޗީ މިޑޯރީ އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އިއްޔެ ބައްދަލުކުރައްވައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ އަހުމަދު ޝަރީފާއި ޖަޕާނު އެމްބެސެޑަރ މިިޑޯރީގެ މި ބައްދަލު ކުރެއްވުމަކީ ކަރަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލު ކުރެއް ވުމެކެވެ.
ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ކަރަންޓް ހިދުމަތް އިތުރަށް ހަރުދަނާކޮށް ޖަޕާނާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.