ހިންމަފުށީ ސާފުކުރުމުގެ ޕްރޮގްރާމްގައި ސްޓެލްކޯ
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުން
އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ސްޓެލްކޯ އަކީ ލާމަސީލު މިސާލެކެވެ. އިހުތިސާސްގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންގެ ކޮންމެ ކަމެއްގައި ފިސާރި ސާބިތު ކަމާއެކު ސްޓެލްކޯގެ މުއައްޒަފުންގެ ބައިވެރިވުން ބޮޑެވެ. ގައުމީ ފެންވަރާއި ދުނިޔޭގެ ފެންވަރުގައި ރަށްރަށުގައި ފާހަގަ ކުރެވޭ ކޮންމެ ހަރަކާތެއްގައި އެ ރަށެއްގެ ރައްޔިތުންނާ ބައިވެރި ވުމަކީ ސްޓެލްކޯއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ކ. ހިންމަފުށީ ކައުންސިލުން އެ ރަށުގެ މުއައްސަސާތަކާއި ގުޅިގެން ހިންގި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްގައި ހިންމަފުށީ އިންޖީނުގޭ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.