އިންޓަގްރިޓީއާއި ދޭތެރޭގައި ސުވާލު އުފެދޭކަމެއް ނުކުރަން: އާދަމް އާޒިމް

އިންޓަގްރިޓީއާއި ދޭތެރޭގައި ސުވާލު އުފެދޭކަމެއް ނުކުރަން: އާދަމް އާޒިމް

މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ސޮއި ކޮއްފައި މިވެނި މީހަކަށް މިވެނި ބިމެއް ދޭން ބުނެފާ އޮތް އެއްޗެއް މާލެ ސިޓީ ކައުންސިލްގައި ނޯންނާނެކަމަށް މާލެސިޓީ މޭޔަރ އާދަމް އާޒިމް ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ވިދާޅުވެއްޖެއެވެ. 

ގަވައިދާ ހިލާފަށް ސިޓީ ކައުންސިލުން މޭޔަރ އާދަމް އާޒިމް ބިންތަކެއް ވަކި ބަޔަކަށް ދޫކުރައްވާފައިވާކަމަށް ތުހުމަތު ކުރައްވާ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ދައްކަވަމުން ގެންދަވާ ވާހަކަތައް ދޮގުކުރައްވާ މޭޔަރ އާދަމް އާޒިމް ވިދާޅުވީ " އަޅުގަނޑު އާދަމް އާޒިމް ސޮއި ކޮއްފަ މިވެނި މީހަކަށް މިވެނި ބިމެއް ދޭން ބުނެފަ އޮތް އެއްޗެއް މިތާކު (ސިޓީ ކައުންސިލްގައި) ނޯންނާނެ" ކަމަށެވެ. 

އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް އަންގަވާފައިވެސް ނޯންނާނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. މޭޔަރ އާދަމް އާޒިމް އެއްވެސް ބިމެއް ދީފައިވެސް ނޯންނާނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

ކައުންސިލް ނަހުލާ އަލީ އާއި މުހާތަބު ކުރައްވާ ވަރަށް ސާބިތުކަމާއެކު މޭޔަރ އާދަމް އާޒިމް ވިދާޅުވީ "އެހެންއޮތް ސައްހަ އެއްޗެއް އޮތިއްޔާ އަޅުގަނޑާ ހިސާބަށް ގެންނަވާ! އަޅުގަނޑު ވަގުތުން އިސްތިއުފާދީފަ ގެޔަށް ދާނަން" ކަމަށެވެ.

" އަޅުގަނޑުގެ އިންޓަގްރިޓީ އާއި ދޭތެރޭ ސުވާލު އުފެދޭކަމެއް އަޅުގަނޑު ނުކުރާނަން މީތާ އިނދެގެނެއް" މޭޔަރ އާދަމް އާޒިމު ޔަގީންކަމާއެކު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕޭނުގައި ސިޓިންގ މޭޔަރ އާދަމް އާޒިމަށް ރައްޔިތުންގެ ތެރޭގައި އޮތް ތާއީދު ކަނޑުވާލުމަށް ސާބިތު ނުހިފޭ ދޮގު ވާހަކަ ވާދަވެރިން އަންނަނީ ފަތުރަމުންނެވެ. އެހެނެއް ކަމަކު މާލެ ސިޓީ ތަޖުރިބާ ކުރި ހުރިހާ މޭޔަރުންގެ ތެރެއިން އާދަމް އާޒިމަށް ވުރެ ހިދުމަތްތެރި މޭޔަރަކު ނުފެންނަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.